މަރުތައް ތަހުގީގު ކުރާ ކޮމިޝަން

މެމްބަރުންނަށް މަރުގެ އިންޒާރު ދިން މީހުން އެނގިއްޖެ: ކޮމިޝަންނަށް

ދެހާސް ސާދަ ވަނަ އަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މަރުގެ އިންޒާރު ދީފައިވާ ފަރާތްތައް ދެނެގަނެވިފައިވާ ކަމަށް ވީނުވީ ނޭގި ގެއްލިފައިވާ މީހުންނާއި މަރާލައިފައިވާ މީހުންގެ މަރުގެ ހަގީގަތް ހޯދަން އުފެއްދި ރިޔާސީ ކޮމިޝަނުން ބުނެފި އެވެ.

އެ ކޮމިޝަނުން ބުނީ، މަރުގެ އިންޒާރު ދީފަައިވާ ފަރާތްތައް ދެނެގަނެވިފައިވާތީ، އެ ފަރާތަކުން ފޯނުގައިވާ ރިކޯޑްތަށް އެ ކޮމިޝަނަށް ހިއްސާ ކޮށްދޭން އެދޭ ކަމަށެވެ.

އެ އަހަރު އޮގަސްޓް މަހު އެމްޑީޕީއަށް ނިސްބަތްވާ ގިނަ މެމްބަރުންނަށް ވަނީ މަރުގެ އިންޒާރު ދީފަ އެވެ. މީގެ ތެރޭގައި އެމްޑީޕީ ލީޑާޝިޕްގައި އިސްކޮށް ހަރަކާތްތެރިވެ ވަޑައިގަންނަވާ މެމްބަރުން ވެސް ހިމެނެ އެވެ.

ރ. އުނގޫފާރު ދާއިރާގެ މެމްބަރު ޑރ. އަފްރާޝިމް އަލީވެސް އަވަހާރަކޮށްލާފައިވަނީ 2012 ވަނަ އަހަރުގެ އޯގަސްޓް މަހު އެވެ. އެ މައްސަލަ ވެސް ރިޔާސީ ކޮމިޝަނުން ބަލަމުންދާއިރު، ތަހުގީގަށް އާ މައުލޫމާތު ތަކެއް ލިބިފައިވާ ކަމަށްވެސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ވީނުވީ ނޭގި ގެއްލިފައިވާ އަހުމަދް ރިލްވާނުގެ މައްސަލަ އާއި ޔާމީން ރަޝީދުގެ މަރުގެ މައްސަލަ ވެސް އެ ކޮމިޝަނުން ދަނީ ހާއްސަ އިސްކަމެއް ދީގެން ބަލަމުންނެވެ.