ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ގަވާއިދު އެކުލަވާލާ ކޮމިޓީ ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު އަލުން އެކުލަވައިލަން ސިޔާސީ ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕްތަކުގެ މެމްބަރުންގެ މައްޗަށް އެކުލެވޭ 11 މެމްބަރުންގެ ވަގުތީ ކޮމެޓީއެއް ނަގައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ހުށަހަޅުއްވާ އައްޑޫ މީދޫ ދާއިރާ މެމްބަރު ރޮޒެއިނާ އާދަމް ތާއީދު ކުރެއްވި އެ ހުށަހެޅުއްވުން ފާސްވެފައި ވަނީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 80 މެމްބަރުންގެ އިއްތިފާގުންނެވެ. ގަވާއިދު އިސްލާހު ކުރާ ކޮމިޓީއަށް 11 މެމްބަރުން ނަގައި އެ ނަންތަށް ވެސް މިއަދު ވަނީ ފާސްކޮށްފަ އެވެ.

ކޮމިޓީގެ މެމްބަރުން

  • މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް
  • ތިމަރަފުށި ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް
  • ނައިފަރު ދާއިރާގެ މެމްބަރު އަހްމަދް ޝިޔާމް
  • ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދް އާމިރު
  • ވިލިގިނލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން
  • ހެންވޭރު ހުޅަނގު ދާއިރާ މެމްބަރު ހަސަން ލަތީފު
  • އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް
  • ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު
  • މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު
  • ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު
  • ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްގަފޫރް މޫސާ

އެގާރަ މެމްބަރުން ހިމެނި ވަޑައިގަންނަވާ މިކޮމިޓީން މިހާރު މަޖިލީހުގައި އަމަލު ކުރަމުންދާ 2010 ވަނަ އަހަރުގެ ގަވާއިދު އިސްލާހުކޮށް 30 ދުވަހުގެ ތެރޭގައި، މަޖިލިސް ތަޅުމަށް ހުށަހަޅަން ޖެހެ އެވެ. މީގެ އިތުރުން ދުވަހުން ދުވަހަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ތަޅުމަށް ހުށަހެޅުމަކީ ވެސް މި ކޮމިޓީގެ ޒިންމާއެކެވެ.