ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރު ސަންޖޭ ސުދުރީއާ މިއަދު ބައްދަލު ކުރައްވައިފި އެވެ. އެ މަނިކުފާނު އިންޑިއާ ސަފީރާ ބައްދަލު ކުރެއްވީ މަޖިލިސް ރައީސްގެ އަރިހަށް ސަފީރު އިހުތިރާމުގެ ޒިޔާރަތެއް ކުރެއްވުމުންނެވެ.
ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް ނަޝީދާއި އިންޑިއާ ސަފީރު ބައްދަލު ކުރެއްވީ މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހުގަ އެވެ. މި ބައްދަލު ކުރެއްވުމުގެ ތަފުސީލުތަކެއް މަޖިލީހުގެ އިދާރާއަކުން ނުދެ އެވެ. މިއީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމާ ރައީސް ނަޝީދު ހަވާލުވެވަޑައިގެންނެވި ފަހުން ބޭރުގެ ޑިޕްލޮމޭޓަކާ ބައްދަލު ކުރެއްވި ފުރަތަމަ ފަހަރެވެ.
މަޖިލީހުގެ ރައީސް ނަޝީދާއި އިންޑިއާ ސަފީރު މިއަދު ބައްދަލު ކުރެއްވިިއިރު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އަންނަ މަހު ހަތްވަނަ ދުވަހު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރައްވަން ނިންމަވާފައި އޮތުމުން އެ ފުރުސަތު ބޮޑުވަޒީރު މޯދީއަށް ދޭން މަޖިލީހުން އިއްޔެ ވަނީ ފާސްކޮށްފައެވެ.