ހަބަރު

ރައީސް ނަޝީދު މޯދީއާއި ބައްދަލު ކުރައްވައިފި

Dec 13, 2019

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ބައްދަލު ކުރައްވައިފި އެވެ.

ރައީސް ނަޝީދު މޯދީއާއި ބައްދަލު ކުރައްވާފައިވަނީ، އެމަނިކުފާނާއި ރައްޔިތުންގެ މަޖިލީހުގެ ވަފުދެއް އިންޑިއާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މޯދީއާއި ބައްދަލު ކުރެއްވުމަށްފަހު ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މޯދީއާއި ބައްދަލުވުމުން އުފާކުރައްވާ ކަަމަށާއި، ސަރަހައްދީ މައްސަލަތަކާއި، ދުނިޔޭގެ މައްސަލަތަކާއި ބެހޭ ގޮތުން މޯދީއާއި މަޝްވަރާ ކުރެއްވި ކަމަށެވެ. އޭގެ ތެރޭގައި، މޫސުމަށް އަންނަ ބަދަލުތަކާއި، ޕެރިސް ޓާގެޓްސްގެ އިތުރުން، އިޔާދަ ކުރަނިވި ހަކަތަ ހިމެނޭ ކަމަށެވެ.

މީގެ އިތުރުންވެސް ރައީސް ނަޝީދު ވިދާޅުވީ، ސިންގަލް ޔޫސް ޕްލާސްޓިކާއި، މުރަކަ ހިމާޔަތް ކުރުމުގެ އިތުރުން މޫސުމީ ބަދަލުތަކަށް ގުދުރަތީ ހައްލުތަށް ހޯދުމަށްވެސް މަޝްވަރާކޮށް، "ލޮލުން ލޮލަށް" ހުރިހާ ކަމެއް ބެއްލެވި ކަމަށެވެ.

ރައީސް ނަޝީދު މޯދީއާއި ބައްދަލު ކުރެއްވުމަށްފަހު ކުރެއްވި ޓުވީޓް

އިންޑިއާއަށް މަޖިލީހުގެ މެމްބަރުން ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ ދަތުރުގެ ބައިވެރިން ވަނީ، އިންޑިއާގެ އެކި ސްޓޭޓްތަކަށް ވަޑައިގެން އެ ގައުމުގެ ގާނޫނުހަދާ މަޖިލީހުގެ ތިރީގެ، ލޯކް ސަބާގެ ރައީސް، ޝްރީ އޯމް ބިރްލްއާއިވެސް ބައްދަލު ކުރައްވާފަ އެވެ. އިންޑިއާއަކީ ރައީސް މުހައްމަދު ނަޝީދާއި ގާތް ގުޅުމެއް އޮންނަ ގައުމެއްކަން ފާހަގަ ކޮށްލެވެ އެވެ.