ވިޔަފާރި

މިދިޔަ މަހު ރާއްޖޭގެ އިންފްލޭޝަން 93.0 ޕަސެންޓް ދަށަށް!

Dec 30, 2014

މިދިޔަ މަހު މުޅި ރާއްޖޭ މުދަލާއި ހިދުމަތުގެ އަގުތައް 0.39 ޕަސެންޓް ދަށަށް ހިނގައްޖެ އެވެ.

މުދަލާއި ހިދުމަތުގެ އަގު އަންގައި ދިނުމަށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އާއްމުކޮށްފައިވާ މިދިޔަ މަހުގެ ކޮންސިއުމާ ޕްރައިސް އިންޑެކްސް (ސީޕީއައި) ހިސާބުތައް ދައްކާ ގޮތުގައި އޮކްޓޫބަރު މަހު ރާއްޖޭގެ އިންފްލޭޝަން ރޭޓް 0.04 ޕަސެންޓް މައްޗަށް ދިޔަ ނަމަވެސް ނޮވެމްބަރު މަހުގެ އިންފްލޭޝަން ވަނީ 0.39 ޕަސެންޓް ދަށަށް ގޮސްފަ އެވެ.

މިދިޔަ މަހު އަގުތައް ދަށަށް ދިޔަ ބާވަތްތަކުގެ ތެރޭގައި ތަރުކާރީގެ ބާވަތްތައް ހިމެނެ އެވެ. ތަރުކާރީގެ ބާވަތްތަކުގެ އަގުތައް ވަނީ 5.33 ޕަސެންޓް ދަށްވެފަ އެވެ. މީގެ އިތުރުން ދުފުމަށް ބޭނުންކުރާ ބާވަތްތަކުގެ އަގުތައް ވެސް ވަނީ 2.26 ޕަސެންޓް ދަށަށް ގޮސްފަ އެވެ. އަދި ކިރާއި ޗީޒް އަދި ކުކުޅު ބިހުގެ އަގުތައްވެސް 0.18 ޕަސެންޓް ދަށަށް ގޮސްފައިވެ އެވެ.

މިދިޔަ މަހު މައިގަނޑު ގޮތެއްގައި އަގުތައް މައްޗަށް ގޮސްފައިވާ ބައިތަކުގެ ތެރޭގައި ގޭގެ ކުލި ހިމެނެ އެވެ. ގޭގެ ކުލީގެ އަގު ވަނީ 0.26 ޕަސެންޓް އުފުލިފަ އެވެ. މީގެ އިތުރުން މޭވާގެ އަގުތައް ވެސް 0.68 ޕަސެންޓް މައްޗަށް ގޮސްފަ އެވެ. އަންނައުނުގެ އަގުތައް ވެސް ވަނީ 0.29 ޕަސެންޓް އުފުލިފަ އެވެ. މީގެ އިތުރުން ވައިގެ ދަތުރު ފަތުރުގެ އަގުތައްވެސް 1.56 ޕަސެންޓް ދަށްވެފައިވެ އެވެ.

ބައެއް ބާވަތްތަކުގެ އަގުތައް ދަށްވެ، އަނެއް ބައި ބާވަތްތަކުގެ އަގުތައް މަތިވެފައިވާއިރު އަންނަ އަހަރަކީ ރާއްޖޭގެ އިންފްލޭޝަނަށް ބޮޑު ބަދަލެއް އަތުވެދާނެ އަހަރެއް ކަމަށް މާހިރުން ދަނީ ބުނަމުންނެވެ. މީގެ އެއް ސަބަބަކީ ކުރިން ޑިއުޓީ ނުނަގާ ބައެއް ބާވަތްތަކުގެ ޑިއުޓީ ނަގަން ފެށުމެވެ.