ސުދާންގެ އަސްކަރިއްޔާ އާއި ގުޅުން އޮންނަ ޕެރަމިލިޓަރީ ރެޕިޑް ސަޕޯޓް ފޯސަޒް (އާރްއެސްއެފް) ގެ އެއްގަމު އުޅަނދަކަށް މުޒާހަރާކުރާ ސަރަހައްދުގައި ސުލްހަ ނަގާލަން ހަރަކާތްތެރިވާ ބަޔަކު ހަމަލާދީ އެ އުޅަނދު އަތުލައިގެންފި ކަމަށް އެ ގައުމުގެ އަސްކަރިއްޔާއިން ބުނެފި އެވެ.
"މުޒާހަރާ ކުރާ ސަރަހައްދުގެ އަމާން ކަމާއި ސުލްހަ މަސްލަހަތު ގެއްލި އޭގެ ސަބަބުން ގައުމުގެ ރައްޔިތުންނާއި އިސްކޮށް ތިބި ބޭފުޅުންނާއި ގައުމުގެ ކުރިމަގަށް ނުރައްކާވާ ހިސާބަށް އެބަދޭ" އެ ގައުމުގެ ރަސްމީ ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި މިލިޓަރީގެ އިސް ބޭފުޅަކު ވިދާޅުވި އެވެ.
ސުދާންގެ ކުރީގެ ރައީސް އުމްރު އަލްބަޝީރުގެ ވެރިކަން ވައްޓާލުމަށް ފަހު މިހާރު ބާރުތައް ނަގާފައިވަ ޓްރާންސިޝަނަލް މިލިޓަރީ ކައުންސިލް (ޓީއެމްސީ) އިން ވެރިކަން ރައްޔިތުންނާއި ހަވާާލު ނުކޮށް އެތައް ވަނީ ވޭތުވެފަ އެވެ.
އަދި މިދިޔަ ހަފުތާގައި ސުދާންގެ މުޒާހަރާ ލީޑަރުން ޓީއެމްސީން ރައްޔިތުންނާއި ވެރިކަން ހަވާލު ކުރަން ގޮވާލަމުން ދެ ދުވަސް ވަންދެން ކުރި ހަޅުތާލަށް ފަހު މުޒާހަރާތައް ފެށުނީއްސުރެން މަދަނީ ސަރުކާރަށް އެދި ގޮވާލަމުން ދިޔަ ރައްޔިތުން ދަނީ ދިހަ ހާހުގެ އަދަދުތަކުން އެ ސަރަހައްދަށް ޖަމާާވަމުން ނެވެ.
މިދިޔަ ބުރާސްފަތި ދުވަހު ސުދާންގެ ސަލާމަތީ ބާރުތަކުން އެ ގައުމުގައި ހުންނަ އަލްޖަޒީރާގެ އިމާރާތް ވަކި ސަަބަބެއް ނާންގާ ބަނދުކޮށްފައި ވާކަމަށް އަލްޖަޒީރާގެ އިސް ވެރިޔާ ވަނީ ހާމަކޮށްފަ އެވެ. އެކަމާއި ގުޅޭގޮތުން ޓީއެމްސީގެ ބޭފުޅެއްގެ ބަހެއް ލިބިފައެއް ނުވެއެވެ.
މަންޒަރު ބަލަން ހުރި ރޮއިޓާޒްގެ ނޫސްވެރިއެއް ހާމަކުރި ގޮތުގައި އަލްޖަޒީރާގެ އޮފީސް ބަންދު ކުރުމާ ގުޅިގެން މުޒާހަރާކުރާ އެތައް ބަޔަކު ޓީއެމްސީގެ ޑެޕިއުޓީ ލީޑަރު މުހަންމަދު ހާމްދާން ޑަގާލޯގެ ދަށުން ހިންގަވާ އާރްއެސްއެފް އާއި އިދިކޮޅަށް ނިކުމެ ވަނީ އަޑު އުފުލާފަ އެވެ.
ޚަރްތޫމްގައި ކުރިއަށްދާ މުޒާހަރާތަކުގައި އިސްކޮށް ތިއްބެވި ބޭފުޅުން ބޭރު ގައުމުތަކުގެ އެހީތެރިކަން ހޯދަމުން ދާއިރު އެމީހުން މަސައްކަތް ކުރަމުން ދަނީ ސުދާން ރައްޔިތުންގެ ހައްގުގައިކަމަށް ނުބުނެވޭނެކަމަށް ޑަގާލޯ ތުހުމަތު ކުރެއެވެ.
އިދިކޮޅު ފަރާތްތަކާާއި މިލިޓަރީ ކައުންސިލާއި އެންމެ ފަހުން ބޭއްވި މަޝްވަރާތަކުގެ ތެރެއިން ގުޅިފަވާ ކައުންސިލެއްގެ ދަށުން ކުރިއަށް އޮތް ދެ އަހަރު ގައުމު ހިންގުމަށް އެއްބަސްވެފައި ވިޔަސް އެ ކައުންސިލްގައި ކޮންމެ ފަރާތަކުން ތަމްސީލްކުރާނީ ކިތައް ބޭފުޅުންކަމާމެދު ހިޔާލު ވަނީ ތަފާތުވެފަ އެވެ.