ވިޔަފާރި

ލިލީ އިން ކޫލް އެންޑް ކޫލްގެ އާ އުފެއްދުންތަކެއް ތައާރަފުކޮށްފި

Jun 1, 2019
ލިލީ އިންޓަނޭޝަނަލް އިން ތައާރަފުކުރި ކޫލް އެންޑް ކޫލްގެ އާ އުފެއްދުންތައް
0%
0%
0%

ލިލީ އިންޓަނޭޝަލް ޕްރައިވެޓް ލިމިޓެޑުން "ކޫލް އެންޑް ކޫލް" ގެ އާ އުފެއްދުންތަކެއް ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފި އެވެ.

ސަލްސާ ރޯޔަލް ރެސްޓޯރެންޓްގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ލިލީ އިން ތައާރަފުކުރީ "ކޫލް އެންޑް ކޫލް" ގެ ބޮޑީ ވޮޝްއަކާއި ހޭންޑް ސެނެޓައިޒާއެއްގެ އިތުރުން ފޭޝަލް ސްކަރަބްއެވެ.

މި ރަސްމިއްޔާތަށް ފަހުގައި މީޑިއާ ވާހަކަ ދައްކަވަމުން ލިލީ އިންޓަނޭޝަނަލްގެ މާކެޓިން މެނޭޖަރު މުހައްމަދު ތަސްނީމް ވިދާޅުވީ މިއަދު ތައާރަފުކުރީ ކޫލް އެންޑް ކޫލް އިން އުފައްދާފައިވާ އާ އުފެއްދުންތަކެއް ކަމަށާއި އެއީ މި ވަގުތު ބާޒާރުގައި ހުރި ކޫލް އެންޑް ކޫލްގެ އެންމެ ރަނގަޅު އުފެއްދުންތައް ކަމަށެވެ. އަދި އެ އުފެއްދުންތައް ވިއްކަން ވަރަށް އަވަހަށް ޕްރޮމޯޝަނެއް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ކުރިއަށް އޮތް ދުވަސްތަކުގައި މި ޕްރޮޑަކްޓްތައް ވިއްކަން މި ވިސްނަނީ އިތުރު ޕްރޮމޯޝަންތަކަކާ އެއްކޮށް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ވަރަށް އަވަހަށް އިއުލާން ކުރާނަން، މި ޕްރޮމޯޝަންތަކަކީ ކޮބައިތޯ. އަޅުގަނޑުމެން މި ޕްރޮޑަކްޓްތަކަށް ވެސް ޕްރޯމޯޝަން ކުރިއަށްދާނެ." ތަސްނީމް ވިދާޅުވި އެވެ.

ޔޫއޭއީގެ އުފެއްދުމެއް ކަމަށްވާ ކޫލް އެންޑް ކޫލްގެ އެކި ވައްތަރުގެ އުފެއްދުންތައް ލިލީ އިންޓަނޭޝަނަލް އިން މިހާރު ވެސް ދަނީ ވިއްކަމުންނެވެ. މިގޮތުން ލިލީއިން ކޫލް އެންޑް ކޫލްގެ އުފެއްދުމެއް ރާއްޖޭގެ ބާޒާރަށް އެންމެ ފުރަތަމަ ތައާރަފު ކުރީ 2014 ވަނަ އަހަރުގަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345