ކޮވިޑު-19 ބަލި، ރާއްޖެ އިން ފެނުމާއެކު، ބައެއް ވިޔަފާރި ކުންފުނިތަކަށް ވެސް އަސަރު ކުރި އެވެ. މި ބައްޔަށް ބައެއް މުވައްޒަފުން ޕޮޒިޓިވްވުމުން ވިޔަފާރީތައް ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ބަންދު ކުރި އެވެ. ނަމަވެސް ލިލީ އިންޓަނޭޝަނަލް އިން މިހާރު ވެސް ޑެލިވަރީގެ ހިދުމަތް ލިބޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
ލިލީ އިންޓަނޭޝަނަލް އިން ބުނެފައިވާ ގޮތުގައި ކޮވިޑް-19 ގެ ސަބަބުން ދިމާވެފައިވާ މި ހިތްދަތި އުނދަގޫ ދަނޑިވަޅުގައި އެންމެ ޒަރޫރީ ބޭނުމަކަށްވެފައި މި ވަނީ ދުވަހުން ދުވަހަށް ހޯދަން ޖެހޭ ކާބޯ ތަކެތި ހޯދުމާ މި ތަކެތި އެކިއެކި ފަރާތްތަކަށް ފޯރުކޮށްދިނުން ކަމަށެވެ. އަދި މި ހައްސާސް ވަގުތާ ބަރަކާތްތެރި ރޯދަ މަހާ ދިމާވުމަކީ ވަކިން މި ދަތިކަން އިތުރަށް ތަހައްމަލް ކުރިވި ކަމެއް ކަމަށް ބުނެފައިވެ އެވެ.
ނަމަވެސް، މި ދަތި ވަގުތު ވެސް ރާއްޖޭގަ ފުޅާ ދާއިރާއެއްގައި ކާބޯތަކި އެތެރެ ކުރަމުން ގެންދާ ލިލީ އިންޓަނޭސަނަލް އިން ދަނީ މިދަތި އުދަގޫ ވަގުތު ވެސް ޒިންމާދާރުކަމާއެކު ރައްޔަތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ބުރަ މަސްއްކަތް ތަކެއް ކުރަމުންނެވެ. ކޮންމެ ދުވަހަކު އެތައްސަތޭކަ އޯޑަރެއް ވީ އެންމެ ފުރިހަމައެއްކޮށް ރައްޔަތު މީހާއާހަމަ އަށް ފޯރުކޮށްދެމުންނެވެ.
ލިލީ އިންޓަނޭޝަނަލް އިން ބުނީ މި އޯޑަރުތައް އެކި ފަރާތްތަކަށް ޑެލިވަ ކޮށްދިނުމުގައި ލިލީ އިންޓަނޭސަނަލްގެ ވަރަށް ގިނަ އަދަދެއްގެ މުވައްޒަފުން ހަރަކަތްތެރިވަމުންދާ ކަމަށެވެ. އެ ކުންފުނިން ބުނާ ގޮތުގައި ފަހު މީހާއާ ޖެހެން ދެން މުދާ ހުރި ވަރަކުން އޯޑަރުތައް ނެގުމާ ފޯރުކޮށްދިނުމުގައި ދެމިތިބޭނެ ކަމަށެވެ.