ހަބަރު

މާލެ ދަތުރުކުރި ދޯންޏެއް ފަރަށް އަރައިިފި

މާލެ ދަތުރުކުރި ސަޕްލައި ދޯންޏެއް ފަރަަށް އަރައިފި އެވެ.

އެމްއެންޑީއެފުން ބުނީ ށ. އަތޮޅުން ފުރައިގެން ދަތުރުކުރި އެ ސަޕްލައި ބޯޓު އުރިފައި ވަނީ ޅ. ޅޮއްސަލާފުށީގެ ފަރަށް ކަމަށެވެ. އަދި މި ހާދިސާ އާއި ގުޅިގެން އެމްއެންޑީއެފުން ހަރަކާތްތެރިވެ އެހީތެރިވެ ދެމުން އަންނަ ކަމަށެވެ.

މި ހާދިސާ ހިނގާފައި ވަނީ ރޭ ދަންވަރު އެވެ. އޭރު ދޯނީގައި ތިބީ ތިން މީހަކު ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި ދެ ބިނދޭސީންނެވެ.