ވިޔަފާރި

ބީއެމްއެލް އީދު ފޮޓޯ މުބާރާތް މާދަމާ ފަށަނީ

Jun 3, 2019

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ފިތުރު އީދަށް ހާއްސަކޮށް ފަށާ، ފޮޓޯ މުބާރާތް މާދަމާ ފަށަން ތައްޔާރު ވެއްޖެ އެވެ.

ބީއެމްއެލް އިން މި މުބާރާތް ކުރިއަށް ގެންދަނީ ޓްވިޓާ އާއި އިންސްޓަގްރާމުގަ އެވެ.

ބީއެމްއެލް އިން ބުނީ ފޮޓޯ މުބާރާތުގައި ބައިވެރިވެވޭނީ ސޯޝަލް މީޑިއާގެ އެ ދެ ޕްލެޓްފޯމްގައި #EidKihineh މި ހޭޝްޓެގް ޖެހުމަށް ފަހު އީދުގެ ކުޅިވަރުތަކާއި އީދުގެ އުފާވެރިކަމުގެ މަންޒަރުތައް ހިއްސާ ކޮށްގެން ކަމަށެވެ. މި މުބާރާތް ކުރިއަށް ގެންދާނީ މި އަންނަ މަހުގެ ހަތަރު ވަނަ ދުވަހުން ހަ ވަނަ ދުވަހުގެ ނިޔަލަށެެވެ.

މި މުބާރާތުގައި ފޮޓޯ ހިއްސާކުރާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި ތިން ފަރާތަކަށް 5،000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭނެ އެވެ. ނަސީބުވެރި ފަރާތް ހޮވުން އޮންނާނީ މި އަންނަ މަހުގެ ނުވަ ވަނަ ދުވަހު އެވެ.