ވިޔަފާރި

ބީއެމްއެލްގެ ފޮޓޯ މުބާރާތުގެ ނަސީބުވެރިން ހޮވައިފި

Jun 9, 2019

ފިތުރު އިދާ ދިމާކޮށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށް ގެންދިޔަ ފޮޓޯ މުބާރާތުގެ ނަސީބުވެރިން ހޮވައި އިއުލާންކޮށްފި އެވެ.

ބީއެމްއެލް އިން އެ މުބާރާތް ކުރިއަށް ގެންދިޔައީ އިންސްޓަގްރާމާއި ޓްވީޓާގައި މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށެވެ. އެ ދެ ސޯޝަލް މީޑިއާ ޕްލެޓްފޯމް މެދުވެރިކޮށް މުބާރާތުގައި ބައިވެރިވި 800 އަށްވުރެ ގިނަ ފަރާތްތަކުގެ މެދުގައި މިއަދު ވަނީ ގުރުއަތުލުން ނަގައިފަ އެވެ.

އެ ގޮތުން ޓްވީޓާގައި ފޮޓޯ ހިއްސާކޮށްގެން ގުރުއަތުން ހޮވުނު ތިން ފަރާތަކީ @marraajameel އާއި @dhiwanderingirl އަދި @ShixnaH އެކައުންޓުގެ ވެރިންނެވެ. އަދި އިންސްޓަގްރާމުގައި ފޮޓޯ ހިއްސާކޮން ގުރުއަތުން ހޮވުނު ތިން ނަސީބުވެރިންނަކީ @awwamphotos އާއި @shaxlon އަދި @xidhoo0 މި އެކައުންޓުތަކުގެ ވެރިންނެވެ.

މި މުބާރާތުގައި ފޮޓޯ ހިއްސާ ކުރާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރިއަކަށް ހޮވޭ ކޮންމެ ފަރާތަކަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭނެ އެވެ.