ހަބަރު

ރައީސް އީދު ސަލާމް ކުރެއްވުން ފަސްކޮށްފި

މޫސުމް ގޯސްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން އީދު ސަލާމް ކުރެއްވުން ފަސްކޮށްފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު މިރޭ ވިދާޅުވީ އީދު ސަލާން ކުރެއްވުން ދެން ބާއްވާނެ ދުވަހެއް އަދި ނުނިންމަވާ ކަމަށެވެ.

ރައީސް ދެކަނބަލުންގެ އީދު ސަލާން ކުރެއްވުން ބާއްވަން ކުރިން ނިންމާފައި އޮތީ މާދަމާ ހެނދުނު 9.30 އިން 10.30 އަށް ރައީސުލްޖުމްހޫރިއްޔާގެ ރަސްމީގެކޮޅު، މުލީއާގޭގަ އެވެ.