މަސްތުވާތަކެތި

ޑުރަގް ވިޔަފާރި ކުރާ ގެއަކަށް ވަދެ 11 މީިހަކު ހައްޔަރުކޮށްފި

Jun 4, 2019
9

މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރި ކުރަމުންދިޔަ ގެއަކަށް ފުލުހުން ވަދެ އެ ގެއިން 11 މީހަކު ހައްޔަރުކޮށްފި އެވެ.

ކޯޓް އަމުރެއްގެ ދަށުން ފުލުހުން އިއްޔެ ވަދެފައި ވަނީ މ. އެވަރެސްޓް އާގެ އަށެވެ. އެ ގެއިން ހައްޔަރު ކުރީ އަށް ދިވެހިންނާއި ބަންގްލަދޭޝްގެ ތިން މީހެކެވެ. އެންމެނަކީ ވެސް ފިރިހެނުންނެވެ.

ފުލުހުން ބުނީ އެ ގެއަކީ މަސްތުވާތަކެެއަޗާ ގުޅޭ ހުރިހާ ހިދުމަތެއް ފުޅާ ދާއިރާއެއްގައި ދޭ ގެއެއް ކަމަށާއި ފުލުހުންނަށް ހުރަސް އެޅުމުގެ ގޮތުން ފުލުހުންނަށް ނުވަދެވޭނެ ގޮތަށް ދަގަނޑު ތޭރި ހިމެނޭ ދޮރުތައް އެ ގޭގައި ލާފައި ހުރި ކަމަށެވެ.

އިއްޔެ ފުލުހުން އެގެއަށް ވަނީ އެ ތޭރިތައް ނެގުމަށް ގޭގެ ފާރެއް ތަޅާލައިގެނެވެ. އެގެ ބަލައި ފާސް ކުރި އިރު މަސްތުވާތަކެތި އަޅާފައިވަ ރަބަރު ޕެކެޓްތަކާއި ކަރުދާސްގަނޑުތައް ފެނިފައި ވެއެވެ.