ގުޅުން ބަދަހިކޮށް އިޖުތިމާއި ދުޅަހެޔޮކަން ގެނައުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އަބަދުވެސް ކޮންމެވެސް ހަރަކާތެއް ގެންގުޅެ އެވެ. މިފަހަރު ކުޑަ އީދުގެ އެކުވެރިކަން އާލާކޮށް އިޖްތިމާއީ ގުޅުމުގެ ބަދަހިކަން އިތުރުކޮށް ދިނުމުގެ ގޮތުން ވެސް ވަނީ ތަފާތު ކަމެއް ކޮށްފަ އެވެ. ކުޑަ އީދާ ގުޅުވައި އަށް ރަށެއްގައި އީދު ސައި ބޭއްވީ އެވެ.
ދިވެހި ގައުމީ ބޭންކުން ބުނާ ގޮތުގައި އަބަދުވެސް ގުޅުން ބަދަހިވުން ފެނިގެންދާ އެއް ކަމަކީ އީދު ސަޔެވެ. އަދި ކުޑަ އީދާއި ބޮޑު އީދުގައި ވެސް އީދު ނަމާދަށްފަހު ރާއްޖޭގެ ގިނަ ރަށްރަށުން ފެންނަ އެންމެ ރީތި އެއް މަންޒަރަކީ އެއީ އެވެ.
އެކުވެރިކަން އާލާކޮށްދިނުމުގެ ނަމޫނާ ދެއްކުމަށް ބީއެމްއެލް އިން މި ކުޑަ އީދުގައި އީދު ސައި އަށް ރަށެއްގައި މިއަދު ބޭއްވި އެވެ. އެ ރަށްތަކަކީ ހއ. ހޯރަފުއްޓާއި ށ. ފުނަދު އާއި ނ. ހޮޅުދޫ އާއި ޅ. ނައިފަރާއި އއ. ރަސްދޫ އާއި ވ. ފެލިދޫ އާއި މ. މުއްޔާއި އަދި އައްޑު އަތޮޅު ހުޅުމީދޫ އެވެ.
![](https://images-01.avas.mv/post/big_6rP2YJhaiFKgyakRJ80eHycM3.jpeg)
ބޭންކުން އީދު ސައި އިންތިޒާމްކޮށްފައި ވަނީ ރަށުގެ ކައުންސިލްތަކާއި، މަދަނީ ޖަމިއްޔާތަކާއި އަދި އާންމުންނާ ގުޅިގެނެވެ.
ބީއެމްއެލްގެ މެނޭޖާ ޕްބްލިކް ރިލޭޝަންސް މުޙައްމަދު ސަޢީދު ވިދާޅުވި ގޮތުގައި އެ ރަށްރަށުގެ ކުދިބޮޑު އެންމެން އީދުގެ ސައިގައި މިއަދު ބައިވެރިވި އެވެ.
![](https://images-01.avas.mv/post/big_82fVCxLN515Y5PPxJx2uss5H5.jpg)
"އެއްކޮށް ސައިބޮއި ވާހަކަ ދައްކާލި މަންޒަރަކީ އުފާވެރި މަންޒަރެއް. އީދު ފަދަ މުނާސަބާތަކުގައި އެއްކޮށް މި ގޮތަށް އީދު ސައި ބާއްވާލުމަކީ އެކުވެރިކަން ބަދަހިވާ ކަމެއް. މިފުރުސަތުގައި ބޭންކުގެ ބްރާންޗުތަކުގެ މުވައްޒަފުން މިކަމަށް އިސްނަގައިގެން ކޮށްދިން މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން." ސައީދު ވިދާޅުވި އެވެ. "އަދި ހަމައެހެންމެ މި ރަށްތަކުގެ ރައްޔިތުންގެ ފަރާތުން މިކަމަށް ދެއްވި އެހީތެރިކަމާއި އެއްބާރުލެއްވުމަށް އެފަރާތްތަކަށްވެސް ޚާއްސަ ޝުކުރެއް ދަންނަވަން. އަޅުގަނޑުމެންގެ އުއްމީދަކީ ކުރިއަށް އޮތްތާނގައިވެސް މި ހަރަކާތްތަކެއް ވީހާވެސް ގިނަ ރަށްތަކުގައި ބޭއްވުން ދިޔުން."