ހަބަރު

ޑްރަގް ވިޔަފާރިކުރާ ބޮޑު ގެއަކުން ފަސް މީހުން ހައްޔަރުކޮށްފި

Jun 6, 2019
2

ސެކިޔުރިޓީއާއެކު މާލޭގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދިޔަ ގެއެއް ފާސްކޮށް ފަސް މީހަކު އިއްޔެ ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު ބުނީ މ. ފެޝަންމީޑް އިން ހައްޔަރުކުރީ އުމުރުން 19 އަހަރާއި 47 އަހަރާ ދެމެދުގެ ދިވެހި ފަސް ފިރިހެނުން ކަމަށެވެ. އަދި މަސްތުވާތަކެތި ކަމަށް ބެލެވޭ 11 ރަބަރު ޕެކެޓާއި 4 ސެލޯފިން ކޮޅު އެެ ގެއިން ފެނިފައިވާ ކަމަށް ފުލުހުން އިތުރަށް ބުނެފައިވެ އެވެ.

ފުލުހުން ބުނީ، ފުލުހުންނަށް ނުވަދެވޭ ގޮތަށް އެ ގޭގައި ދަގަނޑު ދޮރެއްލާފައި ހުރިއިރު ދޮރު ކައިރީ ސެކިއުރިޓީ ބަލަހައްޓަން މީހަކު ވެސް ބަހައްޓާފައި ހުރި ކަމަށެވެ. އަދި ގޭތެރޭގައި ފުލުހުންނަށް ނިސްބަތްކޮށް ހަޑި ހުތުރު ބަހުން ލިޔުންތައް ލިޔެފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފަހަކަށް އައިސް، މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ތަންތަން ބަލާ ފާސްކުރުމުގެ އޮޕަރޭޝަންތައް ފުލުހުން ވަނީ އިތުރުކޮށްފަ އެވެ.