ރެއާލް މެޑްރިޑް

ގޮތެއް ކަނޑައަޅަން މާސެލޯއަށް ރެއާލުން އަންގައިފި

ރެއާލް މެޑްރިޑްގައި ދެމިހުރުމާމެދު ވަކި ގޮތެއް ކަނޑައަޅަން އެ ޓީމުގެ ވައިސް ކެޕްޓަން މާސެލޯ ވިއޭރާއަށް ކުލަބުން އަންގައިފި އެވެ.

ރެއާލްގެ ވާތު ބެކަށް ކުޅޭ، މާސެލޯއަށް ރެއާލުން އެ ގޮތަށް އެންގީ، ލިޔޯންގެ ފްރާންސްގެ ވާތު ބެކް ފާލެންޑް މެންޑީ ގެނައުމަށް ރެއާލް މެޑްރިޑުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

މިދިޔަ ސީޒަންގައި ފުރަތަމަ 11 އިން ޖާގަ ހޯދަން މާސެލޯއަށް އުނދަގޫ ކުރިމަތިވި އެވެ. ރެއާލްގެ ކޯޗް ކަމާ ސެންތިއާގޯ ސޮލާރީ ހަވާލުވެ، މާސެލޯގެ ބަދަލުގައި ފުރަތަމަ 11 އިން ފުރުސަތު ދިނީ ޒުވާން ޑިފެންޑަރު ސާޖިއޯ ރެގުލެން އަށެވެ. ޒިދާން އަލުން ކޯޗް ކަމާ ހަވާލުވެ މާސެލޯ ފުރަތަމަ 11 އަށް ގެނައި ނަމަވެސް ކުރީގެ ފެންވަރު ދައްކާލުމުގައި މާސެލޯއަށް ކާމިޔާބެއް ނުހޯދުނެވެ.

މާސެލޯ ގެންދިއުމަށް، ޔުވެންޓަސްއިން މީގެ ކުރިން ޝައުގުވެރިކަން ފާޅު ކުރިކަމަށް މީޑއާތަކުން ރިޕޯޓް ކުރި އެވެ. ރެއާލްގައި މާސެލޯ އަންނަ ސީޒަންގައި ދެމި ހުންނަނަމަ އޭނާއަށް ފުރަތަމަ 11 އިން ފުރުސަތު ލިބުމުގައި އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށް ބެލެވެ އެވެ.