ހަބަރު

އަހަރެއް ކުރިން ވަގަށް ނެގި ސާމާނުތަކެއް ހޯދައި މީހަކު ހައްޔަރުކޮށްފި

މިދިޔަ އަހަރުގެ ކުރީ ކޮޅު ގދ. ތިނަދޫގައި އިމަރާތް ކުރަމުން ދިޔަ ސައިޓުން ވަގަށް ނެތި ސަމާނުތައް ހޯދައި، އެ މައްސަލައިގައި މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.

މިދިޔަ އަހަރު ތިނަދޫގައި އިމާރާތް ކުރަމުން ދިޔަ ސަރަހައްދުން ވަގަށް ނަގައިގެން ގޮސްފައިވާ ޕްރެސާރިއޯ ކުންފުނިން ގެންގުޅުނު މަކިޓާ ބްރޭންޑް ސާމާނުތައް މިއަދު ހޯދިފައިވާ ކަން ފުލުހުން ވަނީ ކަށަވަރު ކޮށްދީފަ އެވެ. އަދި އެ މައްސަލައިގެ ތުހުމަތުގައި 27 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.