ކުޅިވަރު

ބައިބަލާގެ ސެމީއަށް ގްރީން

މި އަހަރުގެ ކުޑަ އީދާ ގުޅިގެން ބޭއްވާ ބައިބަލާ މުބާރާތުގެ ސެމީ ފައިނަލަށް، ކުލަބު ގްރީން ސްޓްރީޓް ދަތުރު ކޮށްފި އެވެ.

ބައިބަލާ މުބާރާތުގައި، ގުރީން ސްޓްރީޓް ވާދަ ކުރަނީ މުޅިން އަލަށެވެ. މިރޭ ކުޅޭ ސެމީ ފައިނަލު މެޗުގައި، ގްރީން ސްޓްރީޓް ނިކުންނާނީ، ބައިބަލާ މުބާރާތުގެ ވަރުގަދަ ބާރެއް ކަމަށްވާ ކުޑަ ހެންވޭރު ޔުނައިޓެޑާ ދެކޮޅަށެވެ.

ގްރީން ސްޓްރީޓް ސެމީ ފައިނަލަށް ދަތުރު ކުރީ، ކްއާޓާ ފައިނަލުގައި ދަ ގޯޅީ ސްޕޯޓްސް ކުލަބުގެ މައްޗަށް ދެ ގޭމުން ކުރި ހޯދައިގެނެވެ. ކުޑަހެންވޭރު ޔުނައިޓަޑް ސެމީ އަށް ދަތުރު ކުރީ، ހުޅުމާލޭ ސްޕޯޓްސް ބަލި ކުރުމަށް ފަހު އެވެ.

ސެމީ ފައިނަލުގެ ދެ ވަނަ މެޗުގައި ވާދަ ކުރާނީ، ވީކޭ ސްޕޯޓްސް ކުލަބާއި ކުލަބު ޓީނޭޖެވެ. ވީކޭ ސެމީގެ ޖާގަ ހޯދީ، މީޓް ދަ އީގަލްސް ބަލި ކުރުމަށް ފަހު އެވެ. ޓީނޭޖު ސެމީއަށް ދަތުރު ކުރީ، ކުޑަ ހެންވޭރު ލަޔަންސް ބަލި ކުރުމަށް ފަހު އެވެ.