ހަބަރު

މިއަހަރުގެ ދެވަނަ ޔޫތް ލީޑާސް ފޯރަމް މާދަމާރޭ

ޔޫތް ލީޑާސް ނެޓްވޯކުގެ މި އަހަރުގެ ދެވަނަ ފޯރަމް މާދަމާ ރޭ ބާއްވާނެ އެވެ.

ހުޅުމާލޭ ހުރަވީ ސްކޫލްގައި ބާއްވާ ފޯރަމް ހުޅުވައި ދެއްވާނީ ނައިބު ރައީސް ފައިސަލް ނަސީމެވެ. ފޯރަމްގައި ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ވެސް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. -- ފޯރަމް އަމާޒުކޮށްފައި ވަނީ "ތަހައްމަލުކުރުމުގެ ސަގާފަތް - މުޖުތަމަޢުގެެ ހަމަޖެހުން" މި ޝިއާރުގެ މައްޗަށެވެ.

މިފަހަރުގެ ފޯރަމްގައި ކޮލެޖް ޔުނިވާސިޓީތަކުން 150 ދަރިވަރުން ބައިވެރިވާނެ އެވެ. ފޯރަމްގެ ސެޝަންތައް ކުރިއަށްގެންދާނީ ހުކުރު ހޮނިހިރު މި ދެދުވަހު އެވެ.

ޔޫތް ލީޑާސް ނެޓްވޯކުން ވަނީ އައްޑު އަތޮޅާއި، ފުވައްމުލަކާއި ކުޅުދުއްފުއްޓާއި ލ. ގަމާއި، ދ. ކުޑަހުވަދު އާއި ގއ. ވިލިނގިލީގެ އިތުރުން ހއ. ހޯރަފުށީގައިވެސް ފޯރަމް ބާއްވާފަ އެވެ.