ހަބަރު

ތިޖޫރީއެއް ފަޅައިލި ބަޔަކު ހައްޔަރުކޮށް ފައިސާތައް ހޯދައިފި

މިދިޔަ މަހު އައްޑު އަތޮޅު ފިހާރައެއްގެ ފަޅާލައި އެތާނގެ ތިޖޫރީ ހަލާކޮށްލައިގެން ނެގި ފައިސާތަކެއް ފުލުހުން ހޯދައި އެ ވައްކަމުގައި ހިމެނޭ މީހުން ހައްޔަރުކޮށްފި އެވެ.

އައްޑޫ ހިތަދޫގައި މިދިޔަ މަހު ފަޅާލާފައި ވަނީ އެރަށުގައި ހިންގާ "އެޕޯލޯ" ފިހާރަ އެވެ. އެ ފިހާރައަށް ވަގުން ވަދެ އެ ފިހާރައިން ގެންގޮސްފައި ވަނީ ފިހާރައިގެ އޮފީސްބައިގައި ހުރި ތިޖޫރީ އެވެ.

ފުލުހުން ބުނީ، މި މައްސަލައާއި ގުޅިގެން މިހާތަނަށް ކުރި ތަހުގީގުން ތިޖޫރީއިން ވަގަށް ނގާފައިވާ ކަމަށް ބެލެވޭ 14،000 ރުފިޔާ އާއި 1200 ޑޮލަރު ހޯދިފައިވާ ކަމަށެވެ. މި މައްސަލައިގެ ތުހުމަތުގައި ފުލުހުން ވަނީ ތިން މީހުން ހައްޔަރު ކޮށްފަ އެވެ.