ރާއްޖޭގެ "އުތުރުން ދެކުނަށް" ބާއްވާ ރާޅުގުޑި އިވެންޓުގެ ސްޕޮންސަރަކަށް އެނބޫދޫ ފަޅުގެ ޔޮޓް މެރީނާ ބަލަހައްޓާ ޖަލްބޫޓް ކުންފުނި ހަމަޖައްސައިފި އެވެ.
ރާޅު ގުޑި އިވެންޓުގެ ސްޕޮންސަރަަކަށް ހަމަޖެއްސި ޖަލްބޫޓުން ރާޅުގުޑި އިވެންޓުގައި މާލެއިން މާފުއްޓަށް މީހުން ގެންގޮސް ދިނުމުގެ ހިދުމަތް ހަމަޖައްސައިދޭނެ އެވެ.
ރާޅުގުޅި އިވެންޓު އައްޑު އަތޮޅުން ފަށާނީ މި މަހުގެ 18 ވަނަ ދުވަހު އައްޑު އަތޮޅުންނެވެ.
މި އިވެންޓުގައި ސާފިން ބޯޑެއް ފައިގައި ހަރުކޮށްގެން ވައި ކުޑައެއްގެ އެހީގައި ހަތަރު އެތުލީޓަކު ދަތުރު ކުރާނެ އެވެ. އިވެންޓުގައި ބައިވެރިވާނީ އަހުމަދު ހަމްދާން ހަމީދު (ހަމްބެ) ގެ އިތުރުން އާސިމް މުހައްމަދު ފުޅު (ސިމްބެ) އާއި އަބްދުﷲ ތަސްލީމް (ޑެލިއޯ) އަދި ކައިޓް ސާފިންގެ ދުނިޔޭގެ އިވެންޓުތައް ކާމިޔާބުކޮށްފައިވާ ޔޯރީ ޒޫން އެވެ.
ރާޅުގުޑި އިވެންޓް އިންތިޒާމު ކުރާ މާފުށި ޑައިވް އިން ބުނި ގޮތުގައި އައްޑު އަތޮޅުން ތުރާކުނަށް ރާޅުގުޑީގައި ފަށާ މި ދަތުރުގެ ދިގު މިނަކީ 15 ދުވަހެވެ. އެ މުއްދަތުގައި 20 ރަށެއްގައި މަޑުކުރާނެ އެވެ. އަދި ހާއްސަ ބައެއް ހަރަކާތްތައް މި ރަށްރަށުގައި ހިންގާނެ އެވެ.
ރާޅުގުޑި އިވެންޓުގެ މެއިން ސްޕޮންސާއަކީ ސިލިންގްޝޮޓް އެވެ. ކޯސްޕޮންސާއަކީ އެފްއެސްއެމް އެވެ. އަދި އިވެންޓު އިންތިޒާމު ކުރަނީ މާފުށި ޑައިވް އެންޑް ވޯޓާ ސްޕޯޓްސް ސްޕޯޓޭޕް އެވެ. ދެން ހިމެނެނީ ޔޫތު މިނިސްޓްރީ އެވެ.
ޕްރިންޓިން ޕާޓްނަރަކީ އެމްސެވަން އެވެ. އަދި އިކްއިޕްމަންޓް ޕާޓްނަރަކީ ސީގިއާ އެވެ. އަދި ޑިޖިޓަލް ޕާޓްނަރަކީ ދިރާގު އެވެ. ދެން ހިމެނެނީ ޖަލްބޫޓު އާއި ބްރުންޓީ އަދި ކްއެއިންޓް މޯލްޑިވްސް އާއި ރާޅު ވޯޓާ ސްޕޯޓްސް އަދި ރާއްޖެ ޓީވީ އާއި އަވަސް އޮންލައިން އަދި ގޯބިގް މޯލްޑިވްސް އާއި އެކަތި އެވެ.