މޯލްޑިވްސް ޕޮލިސް ސާވިސް

މިނާފުށް ބަޑިއެއް ހޯދައި، މީހަކާ ސުވާލުކޮށްފި

އިސްލާމިކް ޔުނިވާސިޓީގެ ކައިރީގައި އޮންނަ ޕާކު ތެރެއިން މިނާފުށް ލައްވައިގެން ބޭނުންކުރާ ބަޑިއެއް ފެނިއްޖެ އެވެ.

ފުލުހުން ބުނީ މި ބަޑި ފެނިފައިވަނީ އިއްޔެ 1:32 ކަން ހާއިރު ޕާކު ތެރޭގައި ތިބި ބައެއްގެ ކައިރީގައި ބާއްވާފައި ވަނިކޮށް ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން 22 އަހަރުގެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ސުވާލުކޮށްފައިވާ ކަމަށެވެ. އެމީހާ މިހާރު ވަނީ ދޫކޮށްލާފަ އެވެ.

ޕާކު ތެރެއިން ފެނުނު ބަޑި މިވަގުތު އޮތީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. ބަޑި ފެނުނު މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.