ކުޅިވަރު

ބައިބަލާ މުބާރާތް ކުޑަހެންވޭރު ކާމިޔާބު ކޮށްފި

ފައިނަލުގައި، ވީކޭ ސްޕޯޓްސް ކުލަބުގެ މައްޗަށް، ކާމިޔާބު ހޯދައި ބައިބަލާ މުބާރާތުގެ ޗެމްޕިއަންކަން ކުޑަހެންވޭރު ޔުނައިޓަޑް ހޯދައިފި އެވެ.

ކުޑަ ހެންވޭރު ޗެމްޕިއަންކަން ހޯދީ ފައިނަލު އެއްވަރުވެ ގަދަ ހިފުމަކަށް ގޮސްގެން ކާމިޔާބު ހޯދައިގެންނެވެ.

މުބާރާތުގެ މިސްޓާ ބައިބަލާ އަކީ، ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ، ކުޑަ ހެންވާރު ޔުނައިޓަޑްގެ އަހްމަދު ފިރާޒު މޫސާ އެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންނަކީ، ވީކޭ ސްޕޯޓްސް ކުލަބުގެ ހަމްދު އަލީ، މިފްރާހް ޔާސިރު، ކުލަބު ގުރީން ސްޓްރީޓްގެ ފަރަހް ޝާމް، މުހައްމަދު މިރުޝާލްގެ އިތުރުން ކުޑަހެންވޭރުގެ ވިޖުދާން އެވެ.

މުބާރުތގެ ފެއާޕްލޭ ޓީމަކީ، ވީކޭ ސްޕޯޓްސް ކުލަބެވެ.