ހަބަރު

މުލިން 04 ހެކްޓަރުގެ ބިން ހިއްކަން ފަށައިފި

Dec 30, 2014

މ. މުލީ ބިން ހިއްކުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

ބިން ހިއްކުން މިއަދު ފެށުމަށް ފަހު އެމްޓީސީސީގެ ސީއީއޯ އިބްރާހިމް އަބްދުއް ރައްޒާގު ހަލީމާ ހަވާލާދީ އެކުންފުނިން ބުނީ މިއަދު ފެށި މަސައްކަތުގައި ޑްރެޖަރުގެ މަސައްކަތް ފެށުމުން މަސައްކަތް ބާރަށް ހިނގައިގަންނާނެ ކަމަށެވެ.

މުލިން ހިއްކަނީ 40 ހެކްޓަރުގެ ބިމެވެ. އެމްޓީސީސީން ބުނީ މިއަދު މަސައްކަތް ފެށި އިރު މިދިއަ ޖުލައި މަހު މަޝްރޫއުގެ އީއައިއޭގެ މަސައްކަތް ނިންމައި މުލިން ހިއްކަންޖެހޭ ބައުންޑް ވޯލްގެ މަސައްކަތް ސެޕްޓެމްބަރުގައި ފަށާފައިވާ ކަމަށެވެ.

މުލީ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލު ކުރީ މި އަހަރުގެ މާޗް މަހު އެވެ. މަސައްކަތް ނިންމަންޖެހޭނީ އީއައިއޭ އެޕްރޫވާ ދުވަހުން ފެށިގެން އަހަރެއްގެ ތެރޭގަ އެވެ.  މަޝްރޫއުގެ ސަބް ކޮންޓްރެކްޓަރަކީ މެލޭޝިޔާގެ އިވޯސަން އެސްޑީއެން ބީއެޗްޑީއެވެ. އެމްޓީސީސީ މި މަސައްކަތް ހަވާލު ކުރީ  159.2 މިލިޔަން ރުފިޔާ އަށެވެ.

.