ދިވެހި ޕްރެމިއާ ލީގް

ވިކްޓަރީ އަތުން ޓީސީއަށް މޮޅެއް

މުޅިން ޒުވާން ޓީމަކާއެކު ނުކުތް ވިކްޓަރީ ސްޕޯޓްސް ކުލަބުގެ މައްޗަށް 4-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، އެންމެ ފަހުގެ ޗެމްޕިއަން ޓީސީން މޮޅަކާއެކު ދިވެހި ޕްރިމިއާ ލީގް ފަށައިފި އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޓީސީން ކުޅުނީ މުޅި ވިކްޓަރީގެ ހާފުގެ ތެރޭގަ އެވެ. ޓީސީގެ ފުރަތަމަ ލަނޑު މެޗުގެ 17 ވަނަ މިނެޓްގައި ކާމިޔާބު ކުރީ އިބްރާހިމް ޝަފުރާޒު، ޝަފަލޭ އެވެ.

މުޅިން ޒުވާން ޓީމެއް ނަމަވެސް އެ ޓީމުގެ ފެންވަރުން ވިކްޓަރީގެ ކުޅުންތެރިންގެ ފަރާތުން ޓީސީއަށް އުނދަގޫ ކުރިމަތި ކުރި އެވެ. ލަނޑު ޖެހުމުގެ ފަހުންވެސް، ޓީސީއަށް ވަނީ ރަނުގެ ފުރުސަތުތަކެއް ލިބިފަ އެވެ.