ރ. މަޑުއްވަރި

މަޑުއްވަރީގައި ފެނުގެ ނިޒާމުގެ މަސައްކަތް ފަށައިފި

Jun 15, 2019
2

ގްރީން ކްލައިމެޓް ފަންޑް ހިލޭ އެހީގެ ދަށުން ރ. މަޑުއްވަރީގައި ގާއިމްކުރާ ފެނުގެ ނިޒާމުގެ އަމަލީ މަސައްކަތް މިއަދު މަޑުއްވަރީގައި ފަށައިފި އެވެ. މަސައްކަތް ފައްޓަވައި ދެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނެވެ.

ގްރީން ކްލައިމެޓް ފަންޑު ހިލޭ އެހީގެ ދަށުން މަޑުއްވަރީގައި ފެނުގެ ނިޒާމް ގާއިމްކުރުމުގެ އިތުރުން ބ. ދަރަވަންދޫ، އާއި ހދ. ނޮޅިވަރަންފަރާއި ށ. ފޯކައިދޫ ފެނުގެ ނިޒާމް ޤާއިމްކުރުން ވެސް ހިމެނެ އެވެ. މީގެ އިތުރުން ރާއްޖޭގެ 25 ރަށެއްގައި ވާރޭ ފެން ނަގާ ރައްކާކުރާ ވަސީލަތްތައް ގާއިމްކޮށް، ފެނުގެ ޚިދުމަތުގެ ދާއިރާ ހަރުދަނާކޮށް ތަރައްގީ ކުރުމަށް ގިނަ ކަންތައްތަކެއް ކުރާނެ އެވެ.

އޭގެ ތެރޭގައި ފެނުގެ ޚިދުމަތުގެ ރެގިއުލޭޓު ކުރުމާއި ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެހީތެރިވުމާ، މިދާއިރާ އާއި ގުޅުންހުރި ގާނޫނީ އޮނިގަނޑު ހަރުދަނާ ކުރުމާއި މިދާއިރާއަށް ބޭނުންވާ މީހުން ތަމްރީނުކުރުން ހިމެނެ އެވެ. މުޅި މަޝްރޫއަށް ފަންޑުން ޚަރަދު ކުރާނީ 23,636,364.00 އެމެރިކާ ޑޮލަރެވެ.