ހަބަރު

ސިއްހީ ސަބަބަކަށްޓަކައި އަސްމާ ބުރުގާ ނަންގަވައިިފި

Jul 20, 2015
0%
0%
0%

ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފުގެ މަންމާފުޅު، ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރުއަސްމާ ރަޝީދު ބުރުގާ ނަންގާފައިވާތީ އެކަމަނާއަށް ފާޑިއުކުންތައް އަމާޒުވެފައި ވަނިކޮށް މަންމާފުޅު ބުރުގާ ނެންގެވީ ސިއްހީ ސަބަބުތަކަކަށްޓަކައި ޑޮކްޓަރުން އެގޮތަށް ލާފާ އަރުވައިގެން ކަމަށް ދަރިކަލުން މުހައްމަދު ހުސައިން ޝަރީފު ވިދާޅުވެއްޖެ އެވެ.

ޓްވީޓެއް ކުރެއްވާ މުންދު ވދާޅުވީ މުންދު ކުރައްވާފައިވާ ޓްވީޓްގައި ވިދާޅުވެފައިވަނީ މަންމާފުޅު ބުރުގާ ނެންގެވީ ބޮލުގައި އުފެދިފައިވާ ޓިއުމަރެއް ނެގުމަށް ކުރި އޮޕަރޭޝަނަކަށް ފަހު ސިއްހީ ސަބަބުތަކަށްޓަކައި ދެން ބުރުގާ ނޭޅުމަށް ޑޮކްޓަރު ލަފާ ދެއްވާފައިވާތީ ކަމަށެވެ. އަދި އެ ނިންމުމަށް އެހެން ފަރާތްތަކުން އިހުތިރާމް ކުރުމަށް ވެސް އޭނާ ވަނީ އެދި ވަޑައިގެންފައިވެއެވެ.

އަސްމާ ބުރުގާ ނަންގަވާފައިވާތީ އެކަމަށް ވަރަށް ގިނަ ބަޔަކު ތަފާތު ގޮތްގޮތަށް ދަނީ ފާޑު ކިޔަމުންނެވެ.

 

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345