ހަބަރު

މައިޒާ އިލެކްޓްރޯނިކްސްގެ ޓޯކީ ރާޅުގުޑިއަށް

ރާޅުގުޑީގެ "ދެކުނުން އުތުރަށް" ދަތުރުގައު ބޭނުން ކުރަން މައިޒާން އިލެކްޓްރޯނިކްސް އިން ވޯކީ ޓޯކީ ފޯރުކޮށް ދީފި އެވެ.

މައިޒާ އިލެކްޓްރޯނިކްސްއިން ފޯރުކޮށްދިން މި ޓޯކީތަކަކީ ވާރެ އާއި ވަޔާއި އަދި ލޮނުގެ ތެރޭގައި ބޭނުން ކުރެވޭ ވޯޓާ ޕްރޫފް ޓޯކީ ތަކެވެ. މި ޓޯކީތައް ބޭނުން ކުރާނީ ރާޅު ގުޑީގެ ދަތުރުގައި ބޭނުން ކުރާ ލޯންޗާއި ކައިޓް ސައިފަރުންނާ ދެމުގައި މުއާސަލާތު ކުރާށެވެ.

އައްޑު އަތޮޅުން ތުރާނަށް ހަތަރު ކައިޓް ސާފަރުން ކުރާ މި ދަތުރުގެ މީޑިއާ ޕާޓްނަރަކީ އަވަސް އޮންލައިން އެވެ.

ރާޅުގުޅި އިންވެންޓުގައި ބައިވެރިވަނީ އަހުމަދު ހަމްދާން ހަމީދު (ހަމްބެ) ގެ އިތުރުން އާސިމް މުހައްމަދު ފުޅު (ސިމްބެ) އާއި އަބްދުﷲ ތަސްލީމް (ޑެލިއޯ) އަދި ކައިޓް ސާފިންގެ ދުނިޔޭގެ އިވެންޓުތައް ކާމިޔާބުކޮށްފައިވާ ޔޯރީޒޫން އެވެ.

ރާޅުގުޑި އައްޑު އަތޮޅުން ތުރާކުނަށް ކުރާ މި ދަތުރު 15 ދުވަހަށް ދެމިގެންދާނެ އެެވެ. އެ މުއްދަތުގައި 20 ރަށެއްގައި މަޑުކޮށް ތިމާވެއްޓަށް އެހީތެރިވެދޭ ބައެއް ހަރަކާތްތައް އެ ރަށްރަށުގައި ހިންގާނެ އެވެ.

ރާޅުގުޑީގެ ދަތުރު ކުރިއަށް ދާއިރު އުޅަނދު ފަހަރު ޓްރެކް ކުރުމުގެ ހިދުމަތް ދޭ "ފޮލޯމީ" ގެ ފަރާތުން ވަނީ ރާޅުގުޑި އިވެންޓްގެ ކައިޓް ސާފާރުންގެ ޓްރެކިން ޑިވައިސް ދީފަ އެވެ. ރާޅުގުޑީގެ މެއިން ސްޕޮންސާއަކީ ސްލިންގްޝޮޓް އެވެ.