މޯލްޑިވސް ބްރޯޑްކާސްޓިން ކޮމިޝަން

ބްރޯޑްކާސްޓިން ކޮމިޝަންގެ ނައިބު ރައީސްކަމަށް ޒައިނާ

Jun 17, 2019
4

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ނައިބު ރައީސްކަމުގެ މަގާމަށް ފާތިމަތު ޒައިނާ އިންތިހާބުވެ ވަޑައިގެންފި އެވެ.

ޒައިނާ އެ މަގާމަށް އިންތިހާބުވެ ވަޑައިގެނެފައިވަނީ ކުރިން އެމަގާމުގައި ހުންނެވި އިސްމާއީލް ސްފްވާން އިސްތިއުފާ ދިނުމާ ގުޅިގެން މިއަދު ބޭއްވި ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ. ސްފްވާން މަގާމުން އިސްތިއުފާ ދީފައިވަނީ މިމަހު 13 ވަނަ ދުވަހު އެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުކަމަށް ޒައިނާ އެންމެ ފުރަތަމަ އައްޔަންކުރެއްވީ 2016 ވަނަ އަހަރުގެ އެޕްރީލް މަހު ފަސް ވަނަ ދުވަހު އެވެ. ޒައިނާ ވަނީ މީގެ ކުރިން ވީޓިވީ އަދި ޗެނަލް 13 ގައިވެސް މަސައްކަތް ކޮށްފަ އެވެ.

އޭގެ ކުރިން ޒޭނާ ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްގެ އޮފީހުގައިވެސް މަސައްކަތް ކުރައްވާފަ އެވެ. އޭނާ ބްރޯޑްކޮމްގެ މެންބަރު ކަމަށް އައްޔަން ކުރިއިރުވެސް މަސައްކަތް ކުރައްވަމުން ގެންދިޔައީ ފާތިމަތު އިބްރާހިމްގެ އޮފީހުގަ އެވެ.