މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމްގެ ބައިވެރިންނަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިރޭ ހާއްސަ ފަރިކޮޅެއް ދެއްވައިފި އެވެ. މި ފަރިއްކޮޅު އޮތީ ޕާޓްނާޝިޕް ކުރިއަށްދާ ކުރުނބާ މޯލްޑިވްސް ރިސޯޓުގަ އެވެ.
ބައެއް ގައުމުތަކުގެ އިސް އޮފިޝަލުންނާއި ބައިނަލްއަގްވާމީ ޖަމިއްޔާތައް ވެސް ބައިވެރިވާ ޕާޓްނާޝިޕް ފޯރަމް މިއަދު ހުޅުވާ ދެއްވީ ވެސް ރައީސް ސޯލިހު އެވެ.
މިރޭގެ ފަރިއްކޮޅުގައި ރައީސް ސޯލިހާއި އެމަނިކުފާނުގެ ނައިބު ފައިސަލް ނަސީމުގެ އިތުރުން ކެބިނެޓުގެ މިނިސްޓަރުން ބައިވެރިވެވަޑައިގެންނެވި އެވެ.
މާދަމާގެ ނިޔަލަށް ކުރިއަށް ގެންދާ މި ފޯރަމްގެ ތެރެއިން ރާއްޖެ ވަނީ ގިނަ އަދަދެއްގެ އެއްބަސްވުންތަކެއްގައި ސޮއިކޮށްފަ އެވެ. އޭގެ ތެރޭގައި ހިލޭ އެހީގެ އެއްބަސްވުންތަކާއި ލޯނު އެއްބަސްވުންތައް ހިމެނެ އެވެ.