ހަބަރު

ސްޓެލްކޯގެ ހިދުމަތަށް 22 އަހަރު ފުރިއްޖެ

Jun 19, 2019

ރާއްޖޭގައި ކަރަންޓުގެ ހިދުމަތްދޭ މައި ކުންފުނި، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ހިދުމަތަށް 22 އަހަރު ފުރިއްޖެ އެވެ.

ސްޓެލްކޯގެ އަހަރީ ދުވަހުގެ މުނާސަބަތުގައި އެ ކުންފުނިން ގެންދަނީ ގިނަ ހަރަކާތް ތަކެއް ވެސް ހިންގަމުންނެވެ.

އެ ގޮތުން މިއަދު ހެނދުނު ވަނީ އަހަރީ ދުވަހުގެ ކޭކެއް ފެޅި އެވެ. އަދި މިއަދު ހިދުމަތް ހޯދަން ދިޔަ މީހުންނަށް ހާއްސަ ހަދިޔާ އެއް ވެސް ދީފައިވާއިރު މުވައްޒަފުންގެ މެދުގައި ވެސް ހަރަކާތްތަކެއް ހިންގަން ވަނީ ރާވާފަ އެވެ.

ސްޓެލްކޯގެ 22 ވަނަ އަހަރީ ދުވަސް ފާހަގަ ކުރާއިރު، އެ ކުންފުނީގެ އާ މެނޭޖުމަންޓުން ވަނީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ މަސައްކަތް ތަކެއް ވެސް ފަށާފަ އެވެ. އަދި މުޅި މާލެ އޭރިއާ، ހާއްސަ ވިއުގައަކުން ގުޅާލުމުގެ މަސައްކަތް ވެސް ވަނީ ފަށާފަ އެވެ. ސްޓެލްކޯ އުފެއްދީ 1997 ވަނަ އަހަރު އެވެ.