ހަބަރު

ލުތުފީ މަގާމުން ވަކި ކުރަން ހުށަހަޅައިފި

Jun 19, 2019
2

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް ހަސަން ލުތުފީ މަގާމުން ވަކި ކުރަން ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހުށަހަޅައިފި އެވެ.

ލުތުފީ އޭސީސީ އިން ވަކި ކުރުމަށް ހުށަހަޅާފައި ވަނީ ވެލިދޫ ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ ޝަފީގެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމް އެވެ.

އޭސީސީގެ މެންބަރުން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކޮށް ސުވާލު ކުރުމުން އެ މެންބަރުން ވިދާޅުވެފައި ވަނީ ލުތުފީ ވަޒީފާއަށް ނުނިކުންނަވާތާ ތިން މަހަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ. ނަމަވެސް މިއަދާ ހަމަޔަށް އައިއރު ވެސް ގަވައިދުން މުސާރަ ނަންގަވާ ކަމަށެވެ.

ލުތުފީގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތު ކުރެވިފައިވާ އިރު އޭނާއަށް ސިޔާސީ ނުފޫޒު ފޯރުވާފައިވާ ކަމަށް ވެސް ވަނީ ތުހުމަތު ކުރެވިފަ އެވެ. ނަމަވެސް އެ މައްސަލަތަކުގެ އިތުރު ތަފްސީލެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ.