ހަބަރު

މަޓާޓޯއިން ތަމްރީނު ޕްރޮގްރާމުތަކެއް ފަށަނީ

މަޓާޓޯ އިން ޓޫރިޒަމް ދާއިރާގައި މަަސައްކަތް ކުރާ މުވައްޒަފުން ތަމްރީނު ކުރުމުގެ ޕްރޮގްރާމެއް ފަށަން ނިންމައިފި އެވެ.

މި ޓްރެއިނިން ޕްރޮގްރާމް ކުރިއަށް ގެންދަނީ މަޓާޓޯ އާއި ސްރީލަންކާގެ ޓްރެއިނިން ސެންޓަރަކާއި ގުޅިގެނެވެ.

ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އަމާޒުކޮށް ކުރިއަށް ގެންދާ މި ޓްރެއިނިން ޕްރޮގްރާމުގެ ބައިވެރިން ސޯޝަލް މީޑިއާ މާކެޓިން އެންޑް އޮންލައިން ބްރޭންޑިން އާއި ކަސްޓަމާ ކޮމްޕްލެއިން ހޭންޑްލިން އަށް ތަމްރީނު ކުރާނެ އެވެ.

މި ޓްރެއިނިން ޕްރޮގްރާމް ފަށާނީ މި އަންނަ މަހު މަހުގަ އެވެ.

މަޓާޓޯ އިން ބުނީ މި ޓްރެއިނިން ޕްރޮގްރާމްގެ މަގްސަދަކީ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންނަށް އިތުރު މައުލޫމާތު ފޯރުކޮށްދީ ތަމްރީނު ކުރުން ކަމަށެވެ. މި ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު އާންމުންނާއި ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މީހުނަށް ވަނީ ހުޅުވާލާފަ އެވެ.