ހަބަރު

މަޓާޓޯއާއެކު މެލޭޝިއާގައި ރާއްޖެ ޕްރޮމޯޓްކުރަން "މައިބަމްޕް"!

Jun 19, 2018

މެލޭޝިއާގައި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓްކޮށް އެގައުމުގައި ރާއްޖޭގެ މާކެޓް ފުޅާ ކުރުމަށް ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމިއްޔާ، މޯލްޑިވްސް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)އާއެކު މެލޭޝިއާގެ މަޝްހޫރު އެޑްވަޓައިޒިން ކުންފުނި "މައިބަމްޕް"އާއެކު މަޓާޓޮއިން ސޮއިކޮށްފި އެވެ.

މިއަދު ޓީވީއެމްގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ މަޓާޓޯގެ ފަރާތުން ވައިސް ޕްރެޒިޑެންޓް، އަބްދުﷲ ސުއޫދާއި ރާއްޖޭގައި ހުންނަ މައިބަމްޕް އޮފީހުގެ ކޯ ފައުންޑާ އަދި ސީއޯއޯ ދާނިޝް އާތިފް އެވެ.

މަޓާޓޯއާ ގުޅިގެން އެއް އަހަރުގެ މުއްދަތަށް މެލޭޝިއާގައި ރާއްޖެ ޕްރޮމޯޓްކުރުމަށް މިއަދު ސޮއިކުރި އެއްބަސްވުމާ ބެހޭގޮތުން ދާނިޝް ވިދާޅުވީ، މެލޭޝިއާގައި ފުޅާ ދާއިރާއެއްގައި ރާއްޖެ ޕްރޮމޯޓްކުރުމުގެ މަސައްކަތްތައް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. އެންމެ ހާއްސަކަމެއް ދޭނީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި މެލޭޝިއަން އޯޑިއަންސަށް އަމާޒުކޮށްގެން ރާއްޖޭގެ ފަރުތުވެރިކަމުގެ ފުރުސަތުތައް ޕްރޮމޯޓްކުރުން ކަމަށް ދާނިސް ވިދާޅުވި އެވެ.

މައިބަމްޕްއަކީ އެޑްވަޓައިޒިން ދާއިރާގައި މެލޭޝިއާގައި މަގްބޫލުކަމެއް ހޯދާފައިވާ ކުންފުންޏެކެވެ. މި ކުންފުނިން އައުޓްޑޯ މީޑިއާއާއި ސޯޝަލް މީޑިއާގައި ތަފާތު ކުންފުނިތައް ޕްރޮމޯޓްކޮށް އެންޑޯސްކުރެއެވެ.