ހަބަރު

މަޓާޓޯ ޓްރެވަލް އެވޯޑްސް ޕްރޮމޯޓްކުރަން ޕީއެސްއެމަށް

Jun 19, 2018
1

ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމިއްޔާ، މޯލްޑިވްސް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ބާއްވާ މޯލްޑިވްސް ޓްރެވަލް އެވޯޑުގެ މީޑިއާ ޕާޓްނަރަކަށް ޕީއެސްއެމް ހަމަޖައްސައިފި އެވެ.

މިއަދު ޓީވީއެމްގައި ބޭއްވި ރަސްމިއްޔާތެއްގައި މަޓާޓޯއާއެކު އެއްބަސްވުމުގައި ސޮއިކުރެއްވީ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަލީލެވެ. މަޓާޓޯގެ ފަރާތުން ވައިސް ޕްރެޒިޑެންޓް އަބްދުﷲ ސުއޫދެވެ.

މި އެއްބަސްވުމުގެ ދަށުން މަޓާޓޯ ޓްރެވަލް އެވޯޑް ޕްރޮމޯޓް ކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ޕީއެސްއެމުން ކުރާނެ އެވެ.

ރާއްޖޭގައި އިންތިޒާމްކޮށްގެން ދޭ ފަތުރުވެރިކަމުގެ އެންމެ ބޮޑު އެވޯޑް އިވެންޓްގެ މީޑިއާ ޕާޓްނަރަކަށް ޕީއެސްއެމް ހަމަޖެއްސުމާ ގުޅިގެން، މިއަދުގެ ރަސްމިއްޔާތުގައި އެމްޑީ ހަލީލް ވަނީ މަޓާޓޯއަށް ޝުކުރު އަދާކުރައްވާފަ އެވެ.

ދެހާސް ބާރަ ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ބާއްވަމުން އަންނަ މޯލްޑިވްސް ޓްރެވަލް އެވޯޑަކީ ޓޫރިޒަމް ދާއިރާގެ ގިނަ ބައެއްގެ ނަޒަރު ހުއްޓިފައިވާ އެވޯޑެކެވެ.