ހަބަރު

ބެސްޓް އެއާލައިންގެ އެވޯޑާއެކު ގަތަރު އެއާވޭސްއަށް މުހިންމު އެވޯޑްތަކެއް

ސްކައިޓްރެކްސް ވޯލްޑް އެއާލައިން އެވޯޑްސް 2019 ގައި ގަތަރު އެއާވޭސްއަށް "ވޯލްޑް ބެސްޓް އެއާލައިންސް"ގެ އެވޯޑް ލިބިއްޖެ އެވެ. ގަތަރު އެއާވޭސްއަށް ވޯލްޑް ބެސްޓް އެއާލައިންސް އެވޯޑް ލިބުނު ފަސް ވަނަ ފަހަރެވެ.

މި އަހަރުގެ އެވޯޑްސްގައި ބެސްޓް އެއާލައިންސް އެވޯޑާއެކު ހަތަރު އެވޯޑެއް ގަތަރު އެއާވޭސް އަށް ލިބުނެވެ.
ފްރާންސްގެ ޕެރިހުގައި ބޭއްވި އެވޯޑް ހަފުލާގައި ގަތަރު އެއާވޭސް އަށް ދެން ލިބުނީ މެދު އިރުމަތީގެ ބެސްޓް އެއާލައިންސް އެވޯޑާއި ދުނިޔޭގެ ބެސްޓް ބިޒްނަސް ކްލާސް އެވޯޑުގެ އިތުރުން ވޯލްޑް ބެސްޓް ބިޒްނަސް ކްލާސް ސީޓް އެވޯޑެވެ.

އެވޯޑް ލިބުމުން ގަތަރު އެއާވޭސްގެ ޗީފް އެގްޒެގެޓިވް އޮފިސާ އަކްބަރް އަލް ބަކަރް ވިދާޅުވީ ދުނިޔޭގެ ބެސްޓް އެއާލައިންސް އެވޯޑް ފަސް ވަނަ ފަހަރަށް ކާމިޔާބު ކުރެވުމަކީ އެ އެއާވޭސް އަށް ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.

ގަތަރު އެއާވޭސް އިން ދުނިޔޭގެ 160 އަށް ވުރެ ގިނަ ގައުމުތަަކަށް ދަތުރުކުރާ އިރު މި އަހަރު ތެރޭގައި އިތުރު މަަންޒިލުތަަކަށް ދަތުރު ކުރުމަށް ވެސް ނިންމާފައި ވެއެވެ.