- ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ ގާޒީ)
- އުފަންވެ ވަޑައިގަތީ: 30 ޖެނުވަރީ 1972 ގައި
- އުފަން ރަށް: ގއ. ނިލަންދޫ
- ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ވަޑައިގަތީ: 28 ޖޫން 2018 ގައި
ފަނޑިޔާރު އަބްދުﷲ ދީދީ މަޝްހޫރުވެފައި ވަނީ ޑީޑީ ގާޒީގެ ނަމުގަ އެވެ. ޑީޑީ އަލީ ޝަރީއަތާއި ގާނޫނުގެ ދާއިރާއިން މަތީ ތައުލީމު ޙާސިލްކުރައްވާފައިވާ ބޭފުޅެކެވެ. ފުރަތަމަ ޑިގްރީ ހާސި ލްކުރެއްވީ ޝަރީއާ އެންޑް ލޯގެ ދާއިރާއިން ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒްގަ އެވެ.
ޝަރުއީ ދާއިރާގެ ހިދުމަތުގައި ޑީޑީ ގާޒީ ޖޫން 8، 2015 އިން ފެށިގެން ޖޫން 27، 2018 އަށް ހައިކޯޓުގެ އިސްފަނޑިޔާރުކަމުގެ މަގާމު އަދާ ކުރެއްވި އެވެ. އޭގެ ކުރިން ސެޕްޓެންބަރު 21، 2008 އިން ޖޫން 8، 2015 އަށް ކްރިމިނަލް ކޯޓުގެ ގާޒީކަން ކުރައްވާފައި ވެއެވެ. އާންމުންގެ ތެރެއަށް ޑީޑީ ގާޒީގެ ގޮތުގައި މަޝްހޫރުވެ ވަޑައިގަތީ ކްރިމިނަލް ކޯޓްގައި ހުންނެވި ދުވަސްވަރު އެވެ.
މީގެ އިތުރުން ޖުލައި 1، 1999 އިން ސެޕްޓެންބަރު 20، 2008 އަށް ޖުވެނައިލް ކޯޓުގެ ގާޒީކަން ޑީޑީ ކުރެއްވި އެވެ. އެ ދުވަސްވަރު ރިމިނަލް ކޯޓުގެ ޑިއުޓީ ޖަޖެއްގެ ގޮތުގައިވެސް މަސައްކަތް ކުރެއްވި ވެއެވެ. އަދި އޮގަސްޓް 1، 1997 އިން ޖޫން 30، 1999 އަށް ޖުވެނައިލް ކޯޓުގެ އެސިސްޓެންޓް ގާޒީ ކަމާއި ކޯޓު ނަންބަރު 2 ގެ އެސިސްޓެންޓް ގާޒީ ކަމާއި، ކ. ދިއްފުށީ ކޯޓުގެ މެޖިސްޓްރޭޓްކަމާއި، ގއ. ދެއްވަދޫ ކޯޓުގެ މެޖިސްޓްރޭޓްކަން ކުރައްވާފައިވެއެވެ.
އަދި 2008 އިން 2014 އަށް ޖުޑީޝަލް ސާވިސް ކޮމިޝަންގެ މެންބަރު ކަމާއި، އެ ކޮމިޝަންގެ ނައިބް ރައީސް ކަމާއި، 2009 ވަނަ އަހަރު ޖުޑީޝަލް ކައުންސިލްގެ މެންބަރުކަންވެސް ޑީޑީ ގާޒީ ކުރައްވާފައި ވެއެވެ
ފަނޑިޔާރު ޑީޑީގެ މައްޗަށް ކުރާ ތަހުގީގުގައި ޑީޑީގެ ދިފާއުގައި ގާނޫނީ ވަކީލުންގެ ގޮތުގައި ހަތަރު ބޭފުޅުންގެ ޓީމެއް ބައިވެރިވެ ވަޑައިގަންނަވަ އެވެ. އެއީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލާއި ވަކީލު އާދަމް އާސިފާއި ރޭނީޒް މުހައްމަދު ސަލީމާއި އާދަމް ޝަމީމެވެ.