ކުޅިވަރު

މިލާންގެ ކޯޗަކަށް ޖަމްޕައޮލޯ ހަމަޖައްސައިފި

އޭސީ މިލާންގެ ކޯޗަކަށް، ސަމްޕްޑޯރިއާގެ ކުރީގެ ކޯޗް މާކޯ ޖަމްޕައޮލޯ ހަމަޖައްސައިފި އެވެ.

ސަމްޕްޑޯރިއާގެ ކޯޗު ކަމުން ޖަމްޕައޮލޯ ވަކީވީ، ދެ ފަރާތް އެއްބަސްވުމަށް ފަހު އެވެ. ތިން އަހަރު ވަންދެން ސަމްޕްޑޯރިއާއަށް ކޯޗް ކޮށްދިން ޖަމްޕައޮލޯ މިލާންގެ ކޯޗް ކަމާ ހަވާލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމުގެ ދަށުންނެވެ. މިލާނުން އިތުރު އެއް އަހަރަށް އޭނާ އާއެކު ކުރިއަށް ދިއުމުގެ އިހްތިޔާރު ދީފައި ވެއެވެ.

ޔުވެންޓަސްގެ ކުރީގެ ކޯޗް، މެސިމިލިއާނޯ އެލެގްރީ 2014 ވަނަ އަހަރު މިލާންގެ ކޯޗް ކަމުން ވަކި ކުރި ފަހުން މިދިޔަ ފަސް އަހަރު ތެރޭ މިލާނަށް ކޯޗް ކޮށްދޭ އަށް ވަނަ ކޯޗަކީ ޖަމްޕައޮލޯ އެވެ.

މިލާންއަށް މިދިޔަ ދެ އަހަރު ކޯޗް ކޮށްދިން އެ ޓީމުގެ ކުރީގެ މިޑްފީލްޑަރު ޖެނާރޯ ގަޓޫސޯ ވަނީ އަމިއްލައަށް އިސްތިއުފާ ދިފަ އެވެ. ޖަމްޕައޮލޯ މިލާންގެ ކޯޗް ކަމަށް ހަމަޖެއްސީ، މިލާންގެ ލެޖެންޑް އަދި އެ ޓީމުގެ ކުރީގެ ކެޕްޓަން ޕައުލޯ މަލްޑިނީ އާއި ޒޮވްނިމާ ބޮބަން މިލާންގެ އެގްޒެކެޓިވް މަގާމުތަކާ ހަވާލުވި ފަހުންނެވެ.