ބަޔާން މިއުނިކް

ހުމެލްސް އެނބުރި ޑޯޓަމުންޑަށް

ތިން އަހަރު ކުރިން ބުރޫޝިއާ ޑޯޓަމުންޑުން ބަޔާން މިޔުނިކަށް ބަދަލުވި، ޑިފެންޑަރު މެޓްސް ހުމެލްސް އަލުން ޑޯޓަމުންޑަށް ބަދަލު ވެއްޖެ އެވެ.

ބަޔާންގެ ޔޫތު ސިސްޓަމްގެ ތެރެއިން ތަމްރީންވި، ހުމެލްސް މީގެ ކުރިން ޑޯޓަމުންޑަށް ބަދަލުވީ ލޯން އެއްބަސްވުމުގެ ދަށުން 2008 ވަނަ އަހަރު އެވެ. ޖެހިގެން އައި 2009 ވަނަ އަހަރު ހުމެލްސް ވަނީ ޑޯޓަމުންޑްގެ ދާއިމީ އެއްބަސްވުމުގައި ސޮއި ކޮށްފަ އެވެ. ޑޯޓަމުންޑްގައި އަށް އަހަރު ހެދަ ކުރުމަށް ފަހު އަލުން ބަޔާން އަށް ހުމެލްސް ބަދަލުވީ 2016 ވަނަ އަހަރު އެވެ.

ބަޔާންގައި ހޭދަ ކުރި ތިން އަހަރުވެސް ވަނީ، ޖަރުމަންގެ ލީގް ޗެމްޕިއަންކަން ހޯދާފަ އެވެ. ބަޔާންގެ ކޯޗު ގެ މަގާމު މިދިޔަ ސީޒަންގައި ހަވާލުވީ ނިކޯ ކޮވާޗްގެ ޕްލޭންގައި ހުމެލްސްއަށް ފުރުސަތު ލިބުނީ މަދުންނެވެ.

ހުމެލްސް، ޑޯޓަމުންޑަށް ބަދަލުވީ 38 މިލިއަން ޔޫރޯގެ އަގަކަށެވެ. މިހާރު ކުރިއަށްދާ ޓްރާންސްފާ ޕީރިއަޑްގައި ޑޯޓަމުންޑުން ވަނީ ބޮޑު ހޭދައެއް ކުރަން ތައްޔާރުވެފަ އެވެ. ހޮފެންހަމްއަށް ކުޅުނު ނިކޯ ޝުލްޒް، ބަޔާން ލެވަކޫސްންގެ ޖޫލިއަން ބްރާންޑްޓް ބުރޫޝިއާ މޮންޗެންގުލެބާކުން ޓޯގަން ހަޒާޑް ގެނެސްފަ އެވެ.

ޗެލްސީއަށް އަންނަ ސީޒަންގައި ބަދަލުވާ، ކްރިސްޓިއަން ޕްލުސިޗް ދޫކޮށްލަން ޑޯޓަމުންޑުން އެއްބަސްވީ 58.1 މިލިއަން ޕައުންޑަށެވެ. އަދި އެލެގެޒެންޑާ އައިސަކް ރެއާލް ސޮސިއެދާދަށް ވިއްކާލުމަށް ޑޯޓަމުންޑުން ވަނީ އެއްބަސް ވެފަ އެވެ.