ދަނޑުވެރިކަން

އުރީދޫން ދަނޑުވެރިންނަށް ހިލޭ ގުޅޭ ޕްލޭނެއް

Jun 20, 2019
1

ރާއްޖޭގެ ދަނޑުވެރިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހިލޭ ގުޅޭ މޮބައިލް ޕްލޭނެއް އުރީދޫން ތައާރަފު ކޮށްފި އެވެ.

މި ހިދުމަތުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރީ އެގްރިކަލްޗަރު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އުރީދޫގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑައިރެކްޓާ އޮފް ސޭލްސް އެންޑް ބްރޭންޑިން ހުސެއިން ނިޔާޒެވެ. އަދި އެގްރިކަލްޗަރު މިނިސްޓްރީން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އެވެ.

ރަސްމިއްޔާތުގައި އެގްރިކަލްޗަރު މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވީ އެ މިނިސްޓްރީގައި 7،000 އަށްވުރެ ގިނަ ދަނޑުވެރިން ރަޖިސްޓްރީވެފައިވާ ކަމަށާ، އުރީދޫގެ ޕެކޭޖުގެ ސަބަބުން ދަނޑުވެރިންގެ މަސައްކަތަށް އިތުރު ހަލުވި ކަމެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އުރީދޫން ދަނީ ސަރުކާރުގެ އޮފީސްތަކާއި ބޮޑެތި އަމިއްލަ ކުންފުނިތަކަށް ހާއްސަކޮށް ހިލޭ ގުޅޭނެ ހާއްސަ މޮބައިލް ޕްލޭންތައް ދެމުންނެވެ.

ނިޔާޒު ވިދާޅުވީ މި ޕެކޭޖު ނަގާ ދަނޑުވެރިންނަށް ދަނޑުވެރިކަމުގައި ބޭނުންކުރާ ސާމާނުން ޑިސްކައުންޓް ލިބޭނެ ކަމަށެވެ.

އުރީދޫން ވަނީ މަސްވެރިންނަށް ވެސް ހިލޭ ގުޅޭ ހިދުމަތާއެކު މޮބައިލް ޕްލޭނެއް ތައާރަފު ކޮށްފަ އެވެ.