ހަބަރު

ސިފައިންގެ "ރަންނަމާރި ހަންޓް" އާދީއްތަ ދުވަހު ފަށަނީ

އެމްއެންޑީއެފްއިން ކޮންމެ އަހަރަކުވެސް ބާއްވާ އަސްކަރީ ތަމްރީން "އެކްސަސައިޒް ރަންނަމާރި ހަންޓް" އަންނަ އާދިއްތަ ފަށަން ނިންމައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ ރަންނަމާރި ހަންޓު ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މާލެ، ހުޅުމާލެ، ހުޅުލެ، ކ. ތިލަފުށީ އަދި ޅ އަތޮޅާއި ރ އަތޮޅުގައި ކަމަށާއި އެ ހަރަކާތް ކުރިޔަށް ދާނީ އަންނަ ހަފްތާ އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާ ހަމަޔަށް ކަމަށެވެ.

އެ ހަރަކާތުގައި ސިފައިން ހަތިޔާރާއި ގޮވާތަކެތި އެއްގަމާއި ކަނޑުގައި ބޭނުންކުރާނެ ކަމަށާއި މާލެ އާއި ހުޅުމާލޭގައި އާމަޑް ވެހިކަލް ވެސް ބޭނުން ކުރާނެ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.