ހޮންގްކޮންގްގައި މުޒާހަރާކުރާ މީހުން އަނެއްކާވެސް މަގުތަކަށް ނިކުމެ ހޮންގްކޮންގްގެ ފުލުހުންގެ މައި މަރުކަޒު ވަށާލައިފި ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
ކަޅު ކުލއިގެ ހެދުން ލައި ބޮލުގައި ހެލްމެޓް އަޅައިގެން މޫނުގައި މާާސްކް ވެސް އަޅައިގެން ގިނަ އަދަދަކަށް ޒުވާނުން ހިމެނޭ ގޮތަށް މުޒާހަރާކުރާ މީހުން ހޮންގްކޮންގްގެ ވަން ޗައި ޑިސްޓްރިކްޓްގައި އަޑުގަދަ ކުރަމުން ފުލުހުންގެ މައި މަރުކަޒު ވަށާލާ އެ އިމާރާތާއި ދިމާލަށް ވަނީ ބިސް އުކާފަ އެވެ.
ސަރުކާރުގެ ހުއްދަައަކާއި ނުލާ އިއްޔެ ކޮށްފައިވާ މުޒާހަރާގައި ސިފައިންނާއި ކުރިމަތިލާން ޖެހިދާނެ ކަމަށް މުޒާހަރާ ކުރަން ނުކުތް މީހުން ބުނެފައި ވެއެވެ.
ހޮންގްކޮންގްގައި އެކްސްޓްރެޑިޝަން ބިލް ފާސްކުރަން ގާނުނު ހަދާ މަޖިލީހަށް ފޮނުވުމާއި ގުޅިގެން މިދިޔަ އާދީއްތަ ދުވަހު މުޒާހަރާ ކުރަންފަށާފައި ވާއިރު އެންމެ ފަހުން ކުރި މުޒާހަރާގައި ބޮޑަށް އަޑު އުފުލާފައިވަނީ ފުރަތަމަ މުޒާހަރަގައި ފުލުހުން އަމަލުކޮށްފައިވާ އަނިޔާވެރި ގޮތާއި މެދުގަ އެވެ.
މުޒާހަރާގައި ބައިވެރިވި 20 އަހަރުގެ ދަރިވަރެއް ކަމަށްވާ ކޮންގް ބުނެފައިވަނީ ފާއިތުވި ދުވަސްތަކުގައި ހޮންގްކޮންގްގެ ފުލުހުން ކަންތައް ކޮށްފައިވަނީ އެންމެ ރަނގަޅަށްކަމަށް އެފަރާތުން ބުނެފައިވާއިރު ފުލުހުންނަށް އޮތް އިތުބާރު ވަނީ ގެއްލިފަ އެވެ. އަދި ފުލުހުން އެންމެ ފަހުން ކަންތައްކޮށްފައިވާ ގޮތް މުޒާހަރާކުރާ މީހުން ހަނދާން ނައްތައެއް ވެސް ނުލާނެ އެވެ.
ދުނިޔޭގެ އެހެން ގައުމުތަކުން ވެސް ކެރީ ލެމް ހުސަހަޅުއްވާފައިވާ ބިލާއިމެދު ކަންބޮޑުވުން ފާޅުކޮށްފައި ވާއިރު އެ ބިލް ފާސްވެއްޖެ ނަމަ ވަކި ގާނޫނެއް އޮންނަ ހޮންގްކޮންގްގެ މައްޗަށް ޗައިނާއިން ނޭދެވޭ ގޮތުގައި ނުފޫޒު ފޯރުވާނެ ކަމަށް އިއްތިފާގު ވެއެވެ.
ހޮންގްކޮންގްގައި ހިނގަމުންދާ ހަމަނުޖެހުމާއި ގުޅިގެން އެ ސިޓީގެ ލީޑަރު ކެރީ ލެމް އެ ބިލް ބާތިލްކުރަން ގޮވާލާފައި ވާއިރު ލެމް ހުންނެވި މަގާމުން އިސްތިއުފާ ދެއްވުމަށް ވެސް ވަނީ ގޮވާލާފަ އެވެ.