ހަބަރު

ފޯކައިދޫ ފެނުގެ ނިޒާމުގެ މަސައްކަތް ފަށައިފި

Jun 22, 2019

ށ. ފޯކައިދޫ ފެނުގެ ނިޒާމްގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

ގްރީން ކްލައިމެޓް ފަންޑް ހިލޭ އެހީގެ ދަށުން ފޯކައިދޫގައި ގާއިމްކުރާ ފެނުގެ ނިޒާމުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވީ އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަނެވެ.

އެރަށު ފެނުގެ ނިޒާމުގެ މަސައްކަތް ކުރަނީ ކެނޭޑިއަން ކްރިސްޓަލައިން ވޯޓާ އިންޑިއަ ލިމިޓެޑުންނެވެ. މި ޕްރޮޖެކްޓްގެ މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައި ވަނީ 30.8 މިލިއަން ރުފިޔާ އަށެވެ. މަސައްކަތް ނިންމަން ދީފައި ވަނީ މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށެވެ.

ގްރީން ކްލައިމެޓް ފަންޑު ހިލޭ އެހީގެ ދަށުން ބ. ދަރަވަންދޫއާ ރ. މަޑުއްވަރީ އަދި ހދ. ނޮޅިވަރަންފަރުގައި ފެނުގެ ނިޒާމް ގާއިމްކުރުން ނިންމާފައިވެ އެވެ. މީގެ އިތުރުން ރާއްޖޭގެ 25 ރަށެއްގައި ވާރޭފެން ނަގާ ރައްކާކުރާ ވަސީލަތްތައް ގާއިމްކުރަން ވެސް ހަމަޖެހިފައިވެ އެވެ.