އައިޖީއެމްއެޗް ސީޓީ ސްކޭންގެ ހިދުމަތް މެދުކަނޑާލާފައިވާ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.
އައިޖީއެމްއެޗްގައި މިދިޔަ ހަފުތާ ހުކުރު ދުވަހު ދިމާވި އަލިފާނުގެ ހާދިސާއާ ގުޅިގެން ސީޓީ ސްކޭންގެ ހިދުމަތް މެދު ކަނޑާލުމަށް ފަހު އަލުން ފަށާފައި ވަނީ މިދިޔަ ހޯމަ ދުވަހުގަ އެވެ.
އެ ހޮސްޕިޓަލުން މިއަދު ބުނީ ސީޓީ ސްކޭން މަރާމާތު ކުރުމުގެ މަސައްކަތް ކުރިޔަށް ދާތީ މިއަދުން ފެށިގެން ވަގުތީ ގޮތުން އެ ހިދުމަތް މެދުކަނޑާލާފައިވާ ކަމަށެވެ. ނަމަވެސް އެމެޖެންސީ ހާލަތެއްގައި ހަދަންޖެހޭ ކަމަށް ޑޮކްޓަރުން ލަފާ ދެއްވާ ސީޓީ ސްކޭންތައް ޓްރީޓޮޕް ހޮސްޕިޓަލާ ގުޅިގެން ކުރިޔަށް ގެންދަން ނިންމާފައިވާ ކަމެވެ.