ހަބަރު

ކޮމެޓީ ނޯޓިސް ލިބުނު އިމްރާން ހުންނެވީ އެއާޕޯޓުގައި: މިނިސްޓްރީ

Jun 22, 2019
7

ގައިދީންނަށް އަނިޔާ ކުރި މައްސަލާގައި ޖަވާބުދާރީވާން މަޖިލީހަށް ހާޒިރުވުމަށް އެނގި އިރު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ހުންނެވީ އެއާޕޯޓުގައި ކަމަށް އެ މިނިސްޓްރީ އިން ބުނެފި އެވެ.

މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމިޓީއިން ނިންމާފައި ވަނީ މިރޭ 8:30 ގައި އިމްރާން އެ ކޮމިޓީއަށް ހާޒިރުކޮށް ޖަލުގައި ހިނގި ހަމަނުޖެހުމާ ގުޅޭ ގޮތުން ސުވާލު ކުރުމަށެވެ. ނަަމަވެސް މިރޭގެ ވަގުތެއްގައި އެމަނިކުފާނު ވަނީ ގދ. ތިނަދޫއަށް ވަޑައިގެންފަ އެވެ.

އެކަމާ ގުޅޭ ގޮތުން ހޯމް މިނިސްޓްރީގެ އޮފިޝަލަކު "އަވަސް" އަށް ވިދާޅުވީ މަޖިލީހުގެ ސިޓީ އިމްރާންއަށް ލިބިވަޑައިގަތް އިރު އެމަނިކުފާނު ހުންނެވީ ތިނަދޫއަށް ފުރުމަށް އެއާޕޯޓަށް ގޮސް ޗެކިން ވެސް ނިމިފައި ކަމަށެވެ. އެހެންވެ އެކަން މަޖިލީހަށް ސިޓީއަކުން އަންގާފައިވާ ކަމަށާއި ދިމާވެގެން އުޅޭ މައްސަލައާ ގުޅޭ މައުލޫމާތު ދިނުމަށް މިނިސްޓަރު އެއްބާރުލުން ދެއްވާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"ހޯމަ ދުވަހު މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޝަންއިން ވެސް ވަނީ ދަންނަވާފައި، އެ ކޮމިޓީއަށް ވަޑައިގަންނަވާނެ، މިނިސްޓަރު މި މައްސަލައަށް އެއްބާރުލުން ދެއްވާނެ. ތިނަދޫއަސް ފުރައިވަޑައިގަންނަންދެއް ވެސް މާފުށީގައި އުޅުއްވީ ފުރުމާ ހަމަޔަށް ވެސް މައުލޫމާތު އޮޅުންފިލުވުމަށް،" އޮފިޝަލް ވިދާޅުވި އެވެ.

މިރޭ ބޭއްވި ގައުމީ ސަލާމަތުގެ ކޮމިޓީއަށް ހާޒިރުވީ ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް އެކަންޏެވެ. އޭނާ ވަކި ވަރަކަށް މައުލޫމާތު ދިނުމަށް ފަހު ވަނީ ކޮމިޓީ ސިއްރު ކުރަން ނިންމައިފަ އެވެ.