އޭޝިއާ ޕެސިފިކް ހޮޓެލްސް އެވޯޑުގައި ކިހާ މޯލްޑިވްސް ރިސޯޓަށް ތިން އެވޯޑެއް ލިބިއްޖެ އެވެ.
އޭޝިއާ ޕެސިފިކް ހޮޓެލްސް އެވޯޑްސްގައި ކިހާ މޯލްޑިވްސް އަށް ލިބިފައިވަނީ ރާއްޖޭގެ ބެސްޓް ލަގްޒަރީ ސަސްޓޭނަބަލް ހޮޓެލްގެ އެވޯޑާއި އެ ކެޓަގެރީން ރާއްޖޭގެ ބެސްޓް ލަގްޒަރީ ހޮޓެލް އެވޯޑެވެ. ދެން ލިބިފައިވަނީ އިންޓަނޭޝަނަލް ފައިވް ސްޓާ ހޮޓެލް އެވޯޑެވެ.
މި އެވޯޑުތަކަކީ ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ ދުނިޔޭގެ ގިނަ އަދަދެއްގެ ކުންފުނިތަކުން ވާދަ ކުރާ އެވޯޑެވެ. މި އެވޯޑު ދެނީ ގައުމުގެ ލެވެލްގަ އާއި ރީޖަނަލް އަދި މުޅި ދުނިޔެއިން ހޮވާލާ އެންމެ ފެންވަރު ރަނގަޅު ތަންތަނަށެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް 20 މިނެޓުން ދެވޭ ރާސްތާގަައި އޮންނަ ކިހާ މޯލްޑިވްސްއަކީ ބ. އަތޮޅުގައި ޔުނެސްކޯ އިން ހިމާޔަތް ކޮށްފައިވާ ބައޮސްފިއާ ރިޒާވްގައި ހިންގާ ފަސް ތަރީގެ ރިސޯޓެވެ. މި ރިސޯޓުގައި 124 ވިލާ ހުރެ އެވެ. މި ރިސޯޓަށް މީގެ ކުރިން ވެސް މިފަދަ ގިނަ އެވޯޑު ތަކެއް ލިބިފައިވެ އެވެ.
ކިހާ މޯލްޑިވްސްއަށް ދާ ޓޫރިސްޓުންނަށް ފެންވަރު ރަނގަޅު ހިދުމަތެއް ދިނުމުގެ ގޮތުން ދާދި ފަހުން ވަނީ "ކިހާ ސިގްނޭޗާ ރެސިޑެންސް" ގެ ނަމުގައި ހާއްސަ ރެސިޑެންސެއް ވެސް ހަދާފަ އެވެ. މި ރެސިޑެންސުގައި 10 ކޮޓަރި ހުންނައިރު އެތަން ހަދާފައި ވަނީ ދާ މީހުންނަށް ފަސޭހަަ ކަމާއެކު ސުވިމިން ޕޫލުގެ ބޭނުން ކުރެވޭ ގޮތަށެވެ. ފަސް ތަރީގެ އެންމެ ފެންވަރު ރަނގަޅު ހިދުމަތް ލިބޭ ގޮތަށް ތަރައްގީ ކޮށްފައިވާ އެ ރެސިޑެންސު ފަރުމާ ކޮށްފައި ވަނީ މީހުންނަށް ވީހާ ބޮޑަކަށް ޕްރައިވެސީ ލިބޭނެ ގޮތަކަށް އަދި ރާއްޖޭގެ ރަށެއްގެ ރީތިކަން އިހުސާސް ކުރެވޭ ގޮތަށެވެ.