ހަބަރު

16 އަހަރުގެ ކުއްޖަކު ވިހައިފި، ބައްޕައަށް 15 އަހަރު!

Jun 23, 2019
11

ޅ. ނައިފަރުގައި ފުރާވަރުގެ ކުއްޖަކު ވިހައިގެން އުޅޭ ކަމަށް އެ ރަށުގެ ކައުންސިލުން ކަށަވަރު ކޮށްދީފި އެވެ.

އަވަސް މައުލޫމާތު ލިބިފައިވާ ގޮތުގައި ނައިފަރުގައި އެ ކުއްޖާ ވިހާފައިވަނީ މީގެ ހަފުތާއެއްހާ ދުވަސް ކުރިންނެވެ. އެ ދެމައިންގެ ހާލު ވެސް ރަނގަޅެވެ.

ކައުންސިލްގެ މެންބަރަކު ނަން ހާމަ ނުކުރުމަށް އެދި ވަޑައިގެން މިރޭ "އަވަސް" އަށް ވިދާޅުވީ ނައިފަރުގައި ހުންނަ ޅ. އަތޮޅު ހޮސްޕިޓަލުގައި ވިހާފައިވަނީ 16 އަހަރުގެ ކުއްޖަކު ކަމަށެވެ.

އެ ރަށުގެ ބައެއް މީހުނާ ހަވާލާ ދެއްވާ އޭނާ ވިދާޅުވި ގޮތުގައި ސްކޫލް ނިންމާފައިވާ އެ ކުއްޖާ ބަލިވެ އިނދެ ވިހެއީ އޭނާއަށްވުރެ އެއް އަހަރު ހަގު 15 އަހަރުގެ ކުއްޖަކަށް ކަމަށް ރަށުތެރޭގައި އަޑު ފެތުރިފައިވެ އެވެ. އެ ފިރިހެން ކުއްޖާ އަދި އުޅެނީ މަދަރުސަތުލް އިފްތިތާހުގެ ގްރޭޑް 10 އެއްގައި ކަމަށް ވެއެވެ.

މީގެ ދުވަސްކޮޅެއް ކުރިން ވެސް މިފަދަ އެހެން މައްސަލައެއް ވެސް އައެވެ. އެފަހަރު ވިހާފައިވަނީ 15 އަހަރުގެ ކުއްޖެކެވެ. އޭނާ ވިއްސީ ގޭގައި، އޭނާގެ ލޯބިވެރިޔާ އެވެ. އެ ކުއްޖާގެ ހާލަތު ގޯސްވެ، ވިހޭ ދަރިފުޅު މަރުވީ އެވެ.