ހަބަރު

ނައިފަރު ކުއްޖާގެ މައްސަލަ ޖެންޑާގެ ސަމާލުކަމަށް

ޅ. ނައިފަރުގައި 16 އަހަރުގެ ކުއްޖަކު ވިހޭ މައްސަލަ ޖެންޑާ މިނިސްޓްރީން ފުލުހަށް ހުށަހަޅައިފި އެވެ.

ޖެންޑާ މިނިސްޓްރީން މިރޭ ބުނީ، ނައިފަރު ހޮސްޕިޓަލުން އެ މައްސަލަ ޖެންޑާ މިނިސްޓްރީގެ ފެމެލީ އެންޑް ޗިލްޑްރެން ސާވިސް ސެންޓަރުގެ ސަމާލު ކަމަށް ގެނެސްފަައިވާ ކަމަށެވެ. އަދި އެ މައްސަލަ މިހާރު ފުލުހުންނަށް ވެސް ހުށަހަޅާފައިވާ ކަމަށެވެ.

ޖެންޑާ މިނިސްޓްރީން ބުނީ، އެ މައްސަލައިގައި ހިމެނޭ މައްމަ އާއި ދަރިފުޅަށް ބޭނުންވާ އިޖްތިމާއި އަދި ނަފްސާނީ އެހީތެރިކަން ވެސް އެ އާއިލާއަށް މިހާރު ފޯރުކޮށްދެމުން އަންނަ ކަމަށެވެ.