ވ. އަތޮޅު އާރަށް ކައިރިން ފަރަށް އެރި ދޯންޏެއް ދިޔަވާތީވެ އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި އެވެ.
އެމްއެންޑީއެފުން ބުނީ، އައްޑޫން ފުރައިގެން މާލެއަށް ދަތުރުކުރި މުދާ އުފުލާ ދޯންޏެއް ވ. އަތޮޅު އާރަށް ކައިރިން ފަރަކަށް އެރުމާއި ގުޅިގެން ދޯނި ދިޔަވަމުންދާ ކަމަށާއި އެ ދޯނީގައި ދިވެއްސަކާއި ހަތަރު ބިދޭސީން ތިބި ކަމަށެ. އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވާ އިރު 90 ފޫޓުގެ އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.
ދޯނީގެ ފުންކޮށް މިހާރު ވަނީ އާރަށު ބަނދަރަށް ވައްދާފަ އެވެ. ދޯންޏަށް ލިބިފައިވާ ގެއްލުންތައް ކޯސްޓްގާޑުގެ ޑައިވަރުންގެ ޓީމުން އަންނަނީ ބަލަމުންނެވެ.