ޖިންސީ ގޯނާ

ޖިންސީ ކުށުގެ ޝިކާރައަށްވާ މީހުންގެ ކައުންސިލިން ފަށައިފި

ޖިންސީ ކުށުގެ ޝިކާރަކަށްވާ މީހުންގެ ތެރެއިން ނަފްސާނީ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް ފެމިލީ ޕްރެޓެކްޝަން އޮތޯރިޓީގެ ހަރަދުގައި ކައުންސެލިން ދޭން ފަށައިފި އެވެ.

އެ އޮތޯރިޓީން ބުނީ، ޖިންސީ ކުށުގެ ޝިކާރައަކަށްވާ މީހުންގެ ތެރެއިން ނަފްސާނީ އެހީ ބޭނުންވާ ފަރާތްތަކަށް ކައުންސިލިން ދޭން ހަމަޖައްސާފައި ވަނީ އިންސިޓިއުޓް އޮފް މެންޓަލް ވެލްބީން މެދެވެރިކޮށް ކަމަށެވެ.

ކައުންސެލިން ދިނުމުގައި ބަލާނެ މިންގަނޑާއި އަމަލު ކުރާނެ އުސޫލުތައް މިހާރު ގެޒެޓް ކޮށްފަ އެވެ.

ހަމަޖައްސާފައި ވަނީ ގާނޫނުގައި ބަޔާން ކޮށްފައިވާ ކުށެއްގެ ޝިކާރައަކަށްވި މީހަކަށް ދިމާވާ ނަފްސާނީ އުނދަގޫތަކުން އަރައިގަތުމަށާއި، ޒިންމާދާރު ރައްޔިތެއްގެ ގޮތުގައި މުޖްތަމައުގައި ދިރި އުޅޭނެ ގޮތްތަކާ ބެހޭގޮތުން އިންތިޒާމު ކުރެވިފައިވާ އުސޫލުގެ މަތިން ކައުންސެލިން ދޭށެވެ.